twitterviber whatsapp telegramfacebookyoutube instagram
30th April 2025

ސަލްމާން ހާންގެ “ކިކް”ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް

Jun 18, 2014

މިހުގެ 15 ވަނަ ދުވަހު ރިލީޒް ކުރެވުނު ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމްކަމަށްވާ ކިކްގެ ފުރަތަމަ ޓްރެއިލާއަށް ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފި އެވެ.

ޓުރެއިލާ ރިލީޒް ކުރެވުނުތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ޓުރެއިލާއަށް ވަނީ 10000 ވުރެ ގިނަ ލައިކްސް ލިބިފަ އެވެ. މި ފިލްމުގައި ސަލްމާންގެ އިތުރުން ޖެކްލިން ފަރާންޑެސް، ރަންދީޕް ހޫޑާ އަދި ނަވާޒުއްދީން ސިއްދީގީ ހަރަކާތްތެރިވެ އެވެ.

ސަލްމާން ހާންގެ އެންމެ ފަހުން ރިލީޒްވި ފިލްމް ޖޭހޯ އަށް އުއްމީދުކުރިވަރުގެ ކާމިޔާބީއެއް ލިބެގެން ނުދިޔަ ކަމުގައިވިއަސް ކިކް އަކީ ބޮޑު ހިޓަކަށް ވެގެންދާނެ ފިލްމެއް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

ބޮޑު ބަޖެޓަކުން ހަދާފައިވާ މިފިލްމް ޑައިރެކްޓް ކޮށްފައިވަނީ މީގެ ކުރިން އެތައް ފިލްމެއް ޕްރޮޑިއުސް ކޮށްފައިވާ ސާޖިދު ނަޑިއަޑްވާލެވެ. މިއީ އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com