twitterviber whatsapp telegramfacebookyoutube instagram
6th May 2024

ޖިންނިއެއްގެ ފޮޓޯ ދެކުނިންތަ!

Jul 1, 2014

އިނގިރޭސިވިލާތުގެ ދެ ޓޫރިސްޓަކު މިދިޔަ އޭޕްރީލް މަހު ކެލްފޯނިޔާގެ ސެން ފްރަންސިސްކޯއަށް ކުރި ދަތުރުގައި އެ މީހުން ނެގި ފޮޓޯއެއްގައި ގޮތް ނޭގޭ “ސޫރައެއް” އިން ކަމަށް ބުނެފި އެވެ.

ދެ ލޯބިވެރިން ކަމަށްވާ ސެއިލާ ސިލާރީ އާއި ޕޯލް ރައިސް ކެލްފޯނިއާއަށް ކުރި ދަތުރެއްގައި އާލްކަޓާޒް އައިލެންޑްގައި ހުންނަ ކުރީގެ ޖަލަށް ޒިޔާރަތެއްކުރި އެވެ.

އެ ތަނަށް ވަނުމަށްފަހުގައި ގޮތް ނޭނގޭ އިހުސާސްތަކެއް ސިލާރީއަށް ކުރެވުނު ކަމަށް އޭނާ ބުނެފައިވެ އެވެ.

ސިލާރީ އޭނާގެ އައިފޯނު ބޭނުންކޮށްގެން ވިޒިޓިންގ ރޫމްގައި ހުރި ކުޑަ ދޮރެއްގެ ފޮޓޯއެއް ނެގުމަށްފަހު ނެގުނު ފޮޓޯ ބަލަމުން ދަނިކޮށް އޭނާއަށް ކަޅު ސޫރައެއް އެ ފޮޓޯއިން ފާހަގަކުރެވުނެވެ. ނަމަވެސް ހޯދާބެލުމުންވެސް ކޮޓަރި ތެރެއިން މީހަކު ފެންނަން ނެތުމުން އޭނާގެ ލޯބިވެރިޔާ ޕޯލްއަށް އެ ފޮޓޯ ދެއްކި އެވެ.

ޕޯލް ފުރަތަމަ ހީކުރީ އެއީ ސިލާރީގެ ހިޔަނި ކަމަށެވެ. ނަމަވެސް ފޮޓޯގައިވާ އަންހެނާއި ލައިފައިވާ ހެދުމަކީ 1930 އާއި 1940 ގައި މީހުން އަޅާއުޅުނު ކަހަލަ ހެދުމެއްކަމުން އެއީ ސިލާރީގެ ހިޔަނި ނޫންކަން އޭނާއަށް އެނގުނެވެ.

އެމީހުން ފޮޓޯގައި އެވާ އަންހެނާއަކީ ކާކުތޯ ބެލުމަށް ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ކުރީގައި ޖަލުގައި އުޅުނުމީހުން ތެރޭގައިވެސް އެ އަންހެނާ އެނގޭ މީހަކު ނެތެވެ.

ޕޯލް ބުނިގޮތުގައި އޭނާ އަށް މަޖާކަމަކަށްވީ އެ އަންހެނާ ކެމެރާއަށް ބަލަހައްޓައިގެން ހުރީމަ އެވެ. އަދި އޭނާ ކުރިން ގަބޫލުނުކުރާ، ޖިންނި ވާހަކަ ގަބޫލުކުރެވެން ފެށުނީ ކަމަށެވެ.

އާލްކަޓާޒް އޮފިޝަލުން އެ ސަރަހައްދުގައި ޖިންނި އުޅޭކަމުގެ ހަބަރު ދޮގުކޮށްފައިވާއިރު އެ ޖަލުގައި ކުރިން އުޅުނު މީހުން އެއީ ނާމާން ތަނެއް ކަމަށާއި އެމީހުންނަށް އެފަދަ ހާދިސާތައް ދިމާވެފައިވާ ކަމަށް ބެނެ އެވެ.

މި ރަށަކީ ވަރަށް ކުރިއްސުރެ ވެސް ނާމާން ތަނެއްކަމުގައި މީހުން ދެކެމުން އަންނަ ތަނެކެވެ. މިރަށަކީ އެއް ޒަމާނެއްގައި މީހުން މެރުމާއި ވައްކަމާއި ފޭރުން ފަދަ ކުށްތަކުގެ ގޯތި ކަމަށް މަޝްހޫރުވެފައިވާ ރަށެކެވެ.

[yass cats=84]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355