twitterviber whatsapp telegramfacebookyoutube instagram
3rd August 2026

ބޮކްސް އޮފީސް ޗާޓުގެ އެއްވަނަ މަގާމަށް “ތިންކް ލައިކް އަ މޭން ޓޫ” އަރައިފި

Jun 30, 2014

ކޮމެޑީ ފިލްމެއްކަމަށްވާ “ތިންކް ލައިކް އަ މޭން ޓޫ” މި ހަފްތާގެ ބޮކްސް އޮފީސް ޗާރޓަށް އަރައިފައިވަނީ މިދިޔަ ހަފުތާގެ އެއްވަނަ “22 ޖަންޕް ސްޓްރީޓް” ވައްޓާލުމަށް ފަހުގަ އެވެ.

2225ތިއޭޓާސްގައި ރިލީޒް ކުރެވުނު މި ފިލްމުވަނީ ރިލީޒްކުރެވުނު ދުވަހު 12.2 މިލިއަން ޑޮލަރު ހޯދާފަ އެވެ. އަދި ހަފުތާ ބަންދުގައި ވަނީ 30 މިލިއަން ޑޮލަރު ހޯދާފަ އެވެ.

މި ފިލްމު ޓިމް ސްޓޯރީ ޑައިރެކްޓް ކޮށްފައިވާއިރު ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ކެއިތު މެރީމޭން އަދި ޑޭވިޑް ނިއުމޭން އެވެ. މި ފިލްމުގައި ކޭވިން ހާޓް، ގަބުރިއްލެ ޔޫނިއަން އަދި ވެންޑި ގެ އިތުރުންވެސް އެތައް ސްޓާރުންނެއް ފެނިގެންދެ އެވެ.

މި ފިލްމުއަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔުމުގެ އަސްލެއްކަމަށް ގިނަ ބަޔަކު ދެކެނީ މި ފިލްމަށް ސޯޝަލް މީޑިޔާގައި ލިބެމުންދިޔަ ސަމާލުކަމުގެ ސަބަބުންކަމަށެވެ.

މި ފިލްމާއެކު ރިލީޒްވި “ޖާޒީ ބޯއީސް” އަށް މާ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެއްނުވެ އެވެ. މި ފިލްމަށް ހަފުތާ ބަންދުގައި ލިބިގެންދިޔައީ 13.5 މިލިއަން ޑޮލަރެވެ.

މި ދިޔަ ހަފުތާގެ ޗާޓުގެ އެއްވަނަ ފިލްމު “22 ޖަންޕް ސްޓްރީޓް” ޗާޓުގެ ދެވަނައަށް ވެއްޓިފައިވާއިރު ހަފުތާ ބަންދުގައި އެ ފިލުމަށް 28 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ތިންވަނަގައިވާ “ހައުޓު ޓްރެއިން ޔުއަރ ޑްރެގަން 2” އަށް ހަފުތާ ބަންދުގައި 25.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

[yass cats=86]

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355