twitterviber whatsapp telegramfacebookyoutube instagram
6th May 2024

“އޭކް ވިލަން” ތިން ދުވަހުގެ ތެރޭގައި 50 ކްރޯޑް ރުޕީސް ހޯދައިފި

Jun 30, 2014

ބޮލީވުޑްގައި އެންމެ ފަހުން ރިލީޒް ކުރެވުނު ފިލްމު ކަމުގައިވާ “އޭކް ވިލަން” ރިލީޒް ކުރެވުނުތާ ތިން ދުވަސް ތެރޭގައި 50 ކްރޯޑް ހޯދައިފި އެވެ.

ސިދާތު މަލޯތުރާ، ޝަރުދާ ކަޕޫރު އަދި ރިޓޭޝް ދޭޝްމުކް ހަރަކާތްތެރިވާ މި ފިލްމު ރިލީޒް ކުރެވުނު ދުވަހުވެސް ވަނީ 16 ކްރޯޑަށް ވުރެ ގިނަ ރުޕީސް ހޯދާފަ އެވެ.

ކްރިޓިކްސް އިން ވެސް މި ފިލްމު ބަލައިގަނެފައިވާއިރު މި ފިލްމުގެ ލަވަތަކަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އޭގެ ތެރެއިންވެސް “ގަލިއާން” މި ލަވައަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ލަވަ އެކެވެ.

މި ފިލްމުގެ ކާމިޔާބީއަކީ މި ފިލްމުގެ ޑައިރެކްޓަރ މޯހިތު ސޫރީގެ ހެޓްރިކެވެ. މީގެ ކުރިން އޭނާ ވަނީ ދެ ހިޓް ފިލްމުކަމުގައިވާ “މާޑާ 2” އަދި “އާޝިގީ 2” ޑައިރެކްޓް ކޮށްފަ އެވެ.

އާޝިގީ 2 އިން މަޝްހޫރުވި ޝަރުދާ ކަޕޫރުގެ މިއީ 4 ވަނަ ފިލްމެވެ. އަދި ހިޓްވި ދެވަނަ ފިލްމެވެ. މި ފިލްމުގެ ބަތަލުކަމުގައިވާ ސިދާތު މަލޯތުރާގެ މިއީ 3 ވަނަ ފިލްމުކަމުގައިވާއިރު ކުރިން ފެނިގެންދިޔަ “ސްޓޫޑެންޓް އޮފް ދަ އިޔާ” އަދި “ހަސީ ތޯ ޕަސީ” އަކީ ވެސް ދެ ހިޓް ފިލްމެވެ.

މިދިޔަ ހަފުތާ ރިލީޒުކުރެވުނު ރިޓޭޝްގެ “ހަމްޝަކަލްސް” އަށް ކްރިޓިކްސް ގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނިކޮށްވެސް ވަނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އެހެންކަމުން ޖެހިޖެހިގެން ރިލީޒްވި ރިޓޭޝްގެ ދެ ފިލްމަށްވެސް މިވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

މި ފިލްމު އަކްޝޭ ކުމާރުގެ “ހޮލިޑޭ” އަދި ސާޖިދު ހާން ގެ “ހަމްޝަކަލް” ބޮކްސް އޮފީހުގައި ގާއިމުކުރި ރެކޯޑުތައް މުގުރާލާނެކަމުގައި ގިނަ ޓުރޭޑް އެނަލިސްޓުން އިއްތިފާގުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355