twitterviber whatsapp telegramfacebookyoutube instagram
3rd August 2026

“ފައިންޑިންގ ފަނީ” ޓްރެއިލާއަށް އުންމީދުކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް

Jul 16, 2014

“ފައިންޑިންގ ފަނީ” ގެ ޓްރެއިލާ ރިލީޒް ކުރެވުނުތާ ދެ ދުވަހުގެ ތެރޭގައި ޔޫޓިއުބްގައި އެ ޓްރެއިލާއަށް ދެ މިލިއަނަށް ވުރެ ގިނަ “ވިއުސް” ލިބިގެން ހިނގައްޖެ އެވެ.

އިންޑިޔާގެ ޑައިރެކްޓަރަކު ޑައިރެކްޓު ކޮށްފައިވާ މި ފިލުމަކީ އިގިރޭސި ބަހުން ހަދާފައިވާ ފިލުމަކަށްވާއިރު އިންޑިޔާއިން މިވަރުގެ ކާމިޔާބީއެއް ޓްރެއިލާއަށް ލިބިގެންދިއުމުން ފިލުމުގެ ޕްރޮޑިއުސަރުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމުގައި ފިލުމުގެ ޑައިރެކްޓަރ ބުނެފައިވެ އެވެ.

އަރުޖުން ކަޕޫރު، ދީޕިކާ ޕަޑުކޯން، ނަސީރުއްދީން ޝާހް، ޕަންކަޖް ކަޕޫރު އަދި ޑިންޕަލް ކަޕާޑިޔާ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލުމަށް އިންޑިޔާގެ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމުގައި އަދި އެއީ އެމީހުން އުންމީދު ކުރި ގޮތްކަމުގައިވެސް މި ފިލުމުގެ ޕްރޮޑިއުސަރ ބުނެފައިވެ އެވެ.

މި ފިލްމުގެ އެކްޓަރ އަރުޖުން ކަޕޫރު ބުނެފައިވަނީ މި ފިލްމު ފެށިއިރު މިއީ އިގިރޭސި ބަހުން ހެދޭ ފިލުމަކަށް ވާތީ ޖެހިލުންވިކަމަށާއި އިންޑިޔާގެ އޯޑިއަންސް މި ފިލްމު ބަލައިގަންނާނެ ކަމާއި މެދު ޝައްކު އުފެދުންކަމަށެވެ. ނަމަވެސް ފިލްމު ނިމުނުއިރު ފިލްމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އޯޑިއެންސް ވަނީ މިކަހަލަ ފިލުމަކަށްވެސް ތައްޔާރަށް ކަމަށް އޭނާ ފާހަގަކުރި އެވެ.

މި ފިލްމު ރިލީޒުކުރަން ހަމަޖެހިފައިވަނީ 12 ސެޕުޓެންބަރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355