twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ދުންފަތާ ދުރުވުން: ސިއްހަތަށް ފައިދާހުރި، ޖީބަށް ލުއި ކަމެއް

Dec 25, 2014

ރޭގަނޑު ބޮޑުބައެއްގައި ހޭލައި އުޅުމާއި ދުވާލު ގިނަ ވަގުތު ނިދުމަކީ މިހާރުގެ ޒުވާނުންގެ އާދައަކަށް ވެފައިވާއިރު މީގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާކަން މިއީ އެންމެން ކަންބޮޑުވާންޖެހޭނެ ކަމެކެވެ.

ގިނަ ޒުވާނުންނަކީ މަސައްކަތުގެ ދާއިރާއަށް ނުކުމެއުޅޭ ބަޔަކަށް ނުވާއިރުވެސް ބޭނުންވާނީ ފަސޭހަ ދިރިއުޅުމެއް އުޅޭށެވެ. މިފަސޭހަ ދިރިއުޅުން ގިނަފަހަރަށް މަގުފަހިކޮށްދެވެނީ މައިންބަފައިންނަށް ކަން ހިތާމަޔާއެކު ފާހަގަކޮށްލަންޖެހެވެ. ސަބަބަކީ އެއްވެސް ޝަކުވާއެއްނެތި އެމީހުން ބޭނުން ވާނެހެން ހަރަދުކޮށް ދެވޭތީއެވެ. މިހާރުގެ ގިނަ މައިންބަފައިންނަކީ އެމީހުންގެ ދަރިންނަށް “ޕޮކެޓް މަނީ” ދޭ ބަޔަކަށް ވާއިރު އެ ފައިސާއިން ކުރަނީ ކީއްތޯ ބަލައިލަނީ ތީގެތެރެއިން ކިތައް މައިންބަފައިންތޯއެވެ؟

ކަންކަމާ ހާސްވެ ފިކުރުބޮޑުވުން ނުވަތަ ގޮތްހުސްވުން މިއީ ސިނގިރޭޓާއި ދިމާލަށް ގިނަފަހަރަށް ދެވޭ ކަންކަމެވެ. އެކީ އުޅޭ ރަހުމަތްތެރިންގެ ފުށުންވެސް މިނުބައި އާދަ ހަރުލާ ފަހަރުވެސް މަދެއްނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ވަރުބަލިވުމާ ނޭވާ ކުރުވުން، ކެއްސުން އަދި ހާރޓް އެޓޭކް ޖެހުމަށް މަގުފަހިވެ އެވެ. އަދި ލޭ ހޮޅިތައް ބެދި ލޭގެ ކެންސަރު ޖެހުމަށް މަގުފަހިވާއިރު ސިގިރޭޓް ފޮށި ބޭރުގައި ލިޔެފައިވާ އިންޒާރު ކިޔާލެވެނީ މަދުފަހަރަކު އެވެ.

ތިމާގެ މާބަނޑު އަނބިމީހާ ކައިރީ އިނދެ ސިގިރޭޓް ބުއިން އާންމު ވެފައިވާއިރު ތިމާ ގެ ދަރިން މި ވަބާގައި ޖެހޭތީ ކަންބޮޑުވަނީ މާބަނޑު މީހާގެ ބަނޑުގައިވާ ދަރިފުޅަށް ދުންފަތުގެ ދުމުގެ ސަބަބުން ގެންލުންވާކަން ނޭނގޭތީ ބާ އެވެ.

ދުންފަތުގެ އިސްތިއުމާލު ކޮށްގެން ތިމާއަށް ގެންލުން ލިބޭ ވަރަށް ތިމާ ކައިރީ ދިރިއުޅޭ އެހެންމީހުންނަށް ވެސް ގެއްލުން ލިބެ އެވެ. ނަމަވެސް ހިތާމަޔަކީ ސިގިރޭޓުއިން ލިބޭ ވަގުތީ އުފަލަކަށްވުރެ ލިބޭ ގެންލުން ވިސްނާ މި ވަބާއިން ސަލާމަތްވުމަށް ހިތްވަރާއެކު މަސައްކަތް ކުރާ މީހުން މަދުކަމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތައް ބޮޑުވާ އިރު ދެން އޮތީ ހޭލުންތެރިކުރުވައިގެން ދުންފަތާ ދުރަށް މީހުން ގެންގޮސް މިކަމަށް ދާއިމީ ހައްލެއް ގެންނަން މަސައްކަތްކުރުމުވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލު ނުކޮށް ހުންނަތާ 20 މިނެޓް ތެރޭ ތިމާގެ ހަށިގަނޑަށް އޭގެ އަސަރުކުރަން ފަށަ އެވެ. އެގޮތުން ބްލަޑް ޕްރެޝާ އަދި ހަށިގަނޑުގެ ފިނިހޫނުމިން ހަމަޔަކަށް އެޅެ އެވެ. އަދި ލޭގެ އޮކްސިޖަން ލެވެލް މަތިވެ ކާރބަން މޮނޮކްސައިޑް ހަށިގަނޑުން ބޭރުވެ އެވެ. ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ދެބައިކުޅައެއްބައި ދުންފަތުގެ އިސްތިއުމާލު ކުރާމީހަކަށް ވުރެ ދަށްކޮށްދެ އެވެ. އަދި ދިހަ އަހަރުގެ ތެރޭގައި މޭގެ ކެންސަރުޖެހުމުގެ ފުރުސަތު ނައްތާލަ އެވެ.

މިއަދުގެ ޒުވާނުންނަކީ މާދަމާ މިގައުމުގެ މުސްތަގުބަލަށް ވާއިރު މި ވަބާއިން އެފަދަ ޒުވާނުން ސަލާމަތް ކުރުން އެއީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާ އެވެ. ނަމަވެސް ދުންފަތުގެ އަގު ކިތަންމެ ބޮޑުވެގެން ދިޔަކަމުގައި ވިޔަސް ބައެއް ޒުވާނުން އަދިވެސް ތިބީ ހުއްޓާލުމަށް ފަސްޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355