twitterviber whatsapp telegramfacebookyoutube instagram
17th September 2026

ފިރިހެން ދަރިފުޅާއެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މަންމައެއް ޖަލަށްލުމަށް ހުކުމްކޮށްފި

Aug 9, 2014

12 އަހަރުގެ ފިރިހެން ފަރިފުޅާއެކު ބަދުއަހްލާގީ އަމަލު ހިންގި މަންމައެއް 3 އަހަރާއި 3 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

އިންގްލެންޑްގެ ސިޓީއެއް ކަމަށްވާ ބްރިސްޓަލްގައި ހިނގި މިހާދިސާގައި އެ އަންހެންމީހާ ވަނީ އެ އަމަލު ހިންގިކަމަށް އެއްބަސްވެ ޑޮމެސްޓިކް އޮފެންސް ޗެރިޓީގައި ވާހަކަ ދައްކާފަ އެވެ.

39 އަހަރުގެ މި އަންހެންމީހާ އާއެކު މި އަމަލުގައި އޭނާގެ ލޯބިވެރިޔާ ވަނީ ބޭރު ގައުމެއްގައި ހުރެ އޮންލައިންކޮށް ބައިވެރިވެފަ އެވެ. އަދި މިހާރު ދަނީ މި ފިރިހެން މީހާ ހޯދައި ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ބްރިސްޓަލް ކުރައުން ކޯޓް ގައި މި މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ބުނެފައިވަނީ މިއީ މުޖުތަމައު ބަލައި ނުގަންނާނެ، އިންސާނީ ހައްދުން ބޭރުވެފައިވާ އަމަލެއް ކަމަށެވެ.

އެ އަންހެންމީހާގެ ތިބި ދެ ފިރިހެން ކުދިންވެސް މިހާރު ދިރިއުޅެމުން ގެންދަނީ ސޯޝަލް ސާރވިސްގެ ބެލުމުގެ ދަށުން އެހެން އާއިލާއެއް ކައިރީގަ އެވެ. (މެއިލް އޮންލައިން)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293