twitterviber whatsapp telegramfacebookyoutube instagram
18th February 2026

ސިންގަމް ރިޓާންސް: އަހަރުގެ ދެވަނައަށް އެންމެ ކާމިޔާނު ފިލްމް

Aug 25, 2014

އިންޑިޔާގެ މިނިވަންދުވަހަށް ހާއްސަކޮށްގެން ރިލީޒްކުރެވުނު “ސިންގަމް ރިޓާންސް” މިހާތަނަށް މި އަހަރު ބޮލީވުޑްގައި ރިލީޒްވި ފިލްމްތަކުގެ ތެރެއިން ދެވަނައަށް އެންމެ ކާމިޔާބު ފިލްމަށް ވެގެން ގޮސްފި އެވެ.

އަޖޭ ދޭވްގަން އާއި ކަރީނާ ކަޕޫރް ހާން ހަރަކާތްތެރިވާ މި ފިލްމް ވަނީ މިހާތަނަށް 116.3 ކުރޯޑް ރުޕީސް ހޯދާފަ އެވެ.

ސަލްމާން ހާންގެ “ކިކް” މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމްގެ ގޮތުގައި އޮތްއިރު މި ފިލްމް މިހާތަނަށް ވަނީ 232.3 ކުރޯޑް ހޯދާފަ އެވެ.

ރޯހިތް ޝެޓީ ޑައިރެކްޓް ކުރި “ސިންގަމް ރިޓާންސް”އަށް ފަހު އެންމެ ކާމިޔާބު ފިލްމެއްގެ ގޮތުގައި އޮތީ އާކްޝޭ ކުމާރުގެ “ހޮލިޑޭ” އާއި ސަލްމާންގެ “ޖޭ ހޯ” އެވެ.

މި އަހަރު ކުރިއަށް ބޮޑެތި ފިލްމްތަކެއް އަދިވެސް ރިލީޒްވާން ހަމަޖެހިފައިވެ އެވެ. އޭގެތެރޭގައި ރިތިކް ރޯޝަންގެ “ބޭންގް ބޭންގް”، ޝާހުރުކް ހާންގެ “ހެޕީ ނިއު އިޔާ” އަދި އާމިރު ހާންގެ “ޕީކޭ” ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355