twitterviber whatsapp telegramfacebookyoutube instagram
20th October 2025

ފިލްމް “ބޭބީ”ގެ ފުރަތަމަ ޕޯސްޓަރ އާންމުކޮށްފި

Aug 30, 2014

މަޝްހޫރު ބޮލީވުޑް ތަރި އާކްޝޭ ކުމާރުގެ ފިލްމް “ބޭބީ”ގެ ފުރަތަމަ ޕޯސްޓަރ އާންމުކޮށްފި އެވެ.

މި ޕޯސްޓަރުން ފެނިގެންދަނީ އާކްޝޭ ބޭސްބޯލް ކެޕެއް އަޅައިގެން ހުއްޓަ އެވެ. އަދި އިސްތަންބޫލްގެ މަންޒަރެއްވެސް މި ޕޯސްޓަރުން ފެނިގެންދެ އެވެ.

ނޭޕާލުގައި ބޮޑު ބައެއް ނަގާފައިވާ މި ފިލްމްގެ ޕޯސްޓަރު އާންމުކޮށްފައި ވަނީ ޓުވިޓާރގަ އެވެ.

މި ފިލްމް ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާއިރު މި ފިލްމްގައި އަންހެން ބަތަލާއެއްގެ ގޮތުގައި ފެނިގެންދަނީ “ޗަސްމެ ބައްދޫރު”އިން ފެނިގެންދިޔަ ތާޕްސީ ޕައްނު އެވެ.

މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

46 އަހަރުގެ އާކްޝޭގެ މި އަހަރު ނިކުމެފައިވާ ދެ ފިލްމް ކަމަށްވާ “ހޮލިޑޭ” އާއި “އެންޓަޓައިމެންޓް”އަށް ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިގެން ގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355