twitterviber whatsapp telegramfacebookyoutube instagram
18th August 2026

ރިތިކް އާއި ކެޓްރީނާ އަނެއްކާވެސް އެކުގާ ސްކްރީނަށް

Aug 27, 2014

“ޒިންދަގީ ނާ މިލެންގީ ދުބާރާ” އަށްފަހު ރިތިކް ރޯޝަން އާއި ކެޓްރީނާ ކައިފް އިތުރު ފިލްމަކާއެކު ބެލުންތެރިންނާ ހަމައަށް އައުމަށް ތައްޔާރު ވެއްޖެ އެވެ.

މިފަހަރު މި ދެ ތަރިން ފެނިގެންދާނީ “ބޭންގް ބޭންގް”އިންނެވެ. މިއީ ޓޮމް ކުރޫސްގެ “ނައިޓް އެންޑް ޑޭ” އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

“ބޭންގް ބޭންގް”ގެ ޓްރެއިލާއަށް ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭ 2.33 މިލިއަނަށްވުރެ ގިނަ “ވިއުވާސް” ލިބުނުއިރު މި ފިލްމްގެ ފުރަތަމަ ލަވަ “ތު މެރީ” އަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ. ބޮސްކޯ ކްރިޔަގޮރަފީ ހަދައިދީފައިވާ މި ލަވައިން ރިތިކްގެ ނެށުމުގެ ހުނަރު ވަރަށް ފުރިހަމައަށް ފެނިގެންދެ އެވެ.

މިހާރު ރިތިކް އާއި ކެޓްރީނާ ދަނީ މައިކަލް ޖެކްޝަންއަށް ޓްރެބިއުޓެއް ދިނުމުގެ ގޮތުގައި ހަދާ ހާއްސަ ލަވައެއްގެ ޝޫޓިން ހަދަމުންނެވެ. މި ލަވައިން މައިކަލްގެ “ޓްރޭޑް މާކް ސްޓެޕްސް”ތައް ފެނިގެންދާނެ އެވެ.

ސިއްދާތު އަނަންދު ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހު އީދު ބަންދަށް ހާއްސަކޮށް ގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355