twitterviber whatsapp telegramfacebookyoutube instagram
7th May 2024

އަކްޝޭ ރިތިކް ކޮޕީ ކުރަނީ

Aug 27, 2014

ރިލީޒް ކުރުމަށް ތައްޔާރު ވަމުންދާ “ބޭންގް ބޭންގް”ގެ ޓްރެއިލާއިން ރިތިކްގެ އެތައް ސްޓަންޓްތަކެއް ފެނިގެންދާއިރު އެ ސްޓަންޓްތަކަށް ދަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޓްރެއިލާއިން ރިތިކް މޫދުގައި ހަދާފައިވާ ސްޓަންޓެއް ފެނިގެންދާއިރު އެ ސްޓަންޓް އެންމެ ބޮޑަށް ކަމުދިޔަ މީހަކީ އަކްޝޭ ކުމާރެވެ.

އަކްޝޭ މިހާރު ވަނީ އެ ސްޓަންޓް އޭނާގެ ޓީވީ ރިއަލިޓީ ޝޯވ ކަމަށްވާ “ޑެއަރ ޓު ޑާންސް”ގެ ޓްރެއިލާއަށް ހަދާފަ އެވެ.

އާކްޝޭގެ މި ސްޓަންޓްއާ ބެހޭގޮތުން “ބޭންގް ބޭންގް”ގެ ޑައިރެކްޓަރ ސިއްދާތު އަނަންދާ ސުވާލުކޮށްލުމުން އޭނާ ބުނެފައިވަނީ އާކްޝޭގެ ސްޓަންޓް އޭނާ ނުދެކޭ ކަމަށާއި އެހެންކަމުން އެ ސްޓަންޓަށް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ސިއްދާތު ކުރިއަށް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމްގައި ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ އަކްޝޭ އެވެ.

އަކްޝޭގެ “ޑެއަރ ޓު ޑާންސް” ޓީވީއަށް އަންނަ މަހު އަންނަން ހަމަޖެހިފައިވާއިރު މި ޝޯވ އަކީ ދުނިޔޭގެ ނެށުމުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވާ ނެށުމާއި އެކްޝަން އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355