twitterviber whatsapp telegramfacebookyoutube instagram
7th May 2024

އެމީ އެވޯޑްގައި އެންމެ މޮޅު ސީރީޒްއަކަށް “ބްރޭކިން ބޭޑް” ހޮވުނުއިރު އެންމެ މޮޅު އެކްޓަރަކަށް ބްރިއާން ކްރެންސްޓޮން

Aug 28, 2014

66 ވަނަ އެމީ އެވޯޑްގައި އެންމެ މޮޅު ޑްރާމާ ސީރީޒްގެ މަގާމް “ބްރޭކިން ބޭޑް” ގެންދިޔައިރު އެންމެ މޮޅު އެކްޓަރގެ އެވޯޑް ގެންގޮސްފައިވަނީ ހަމަ އެ ސީރީޒުން ބްރިއާން ކްރެންސްޓޮން އެވެ.

ވިންސް ގިލިގަން ޕްރޮޑިއުސް ކުރާ “ބްރޭކިން ބޭޑް”އަށް މި އެވޯޑް ލިބުނު މިއީ ދެވަނަ ފަހަރަ އެވެ. މީގެ އިތުރުންވެސް މި ސިރީޒަށް ވަނީ އެތަކެއް އެވޯޑްތަކެއް ލިބިގެން ގޮސްފަ އެވެ. އޭގެތެރޭގައި އެންމެ މޮޅު ރައިޓިންއާއި އެޑިޓިންގެ އެވޯޑް ހިމެނެ އެވެ. އަދި މީގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމު އައްނާ ގުން ހޯދާފައިވާއިރު އެންމެ ސަޕޯޓިން އެކްޓަރގެ މަގާމު އަރޮން ޕައުލް މި ސީރީޒުން ހޯދާފަ އެވެ.

ޑްރާމާ ސީރީޒުން އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވިފައިވަނީ “ޓްރޫ ޑިޓެކްޓިވް”އިން ކެރީ ޖޯޖީ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މި އެވޯޑް ހަފުލާގައި އެންމެ މޮޅު ކޮމެޑީ ސީރީޒަކަށް ހޮވިގެންދިޔައީ މޮޑާން ފެމެލީ އެވެ. މިއީ މި ސީރީޒް މި މަގާމު ޖެހިޖެހިގެން ކާމިޔާބުކުރި 5 ވަނަ ފަހަރެވެ.

ޑްރާމާ ސީރީޒުން އެންމެ މޮޅު އެކްޓްރެސްގެ މަގާމު ގެންގޮސްފައިވަނީ “ދަ ގުޑް ވައިފް”އިން ޖޫލިއާނާ އެވެ. އަދި ކޮމެޑީ ސީރީޒުން އެންމެ މޮޅު އެކްޓްރެސްގެ މަގާމަށް ހޮވިގެން ދިޔައީ “ވީޕް”އިން ޖޫލިޔާ ލޮއިސް އެވެ.

ކޮމެޑީ ސީރީޒުން އެންމެ މޮޅު އެކްޓަރގެ މަގާމު ގެންދިޔައީ “ދަ ބިގް ބޭންގް ތިޔަރީ”އިން ޖިމް ޕާސޮން އެވެ. މި ކެޓަގަރީން އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ “މޮޑާން ފެމެލީ”އިން ގާއިލް އަށެވެ.

އެންމެ މޮޅު މިނީ ސީރީޒަކަށް “ފާގޯ” ހޮވުނުއިރު އެންމެ މޮޅު ޓީވީ މޫވީއަކަށް ހޮވިގެންދިޔައީ “ދަ ނޯމަލް ހާޓް” އެވެ.

މި ޝޯވ ހުށައަޅައިދީފައިވަނީ ސެތް މިޔާސް އެވެ. މި ހަފުލާގައި އެތަކެއް މަޖާ ކަންތައްތަކާއި ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާފައިވެ އެވެ. އެގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދަމައިގަތް ވަގުތުކޮޅަކީ ސެތް، އެމީ ޕޮއެލާ ބިއޯންސޭގެ ގޮތުގައި ތައާރަފުކުރި ވަގުތެވެ.

ސެތް ފުރަތަމަ ފަހަރަށް މިފަދަ ބޮޑު ޝޯވއެއް ހުށައަޅައިދިންއިރު އޭނާގެ ހުށައަޅައިދިނުމުގެ ހުނަރަށް ގިނަ ބަޔައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

[yass cats=107]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355