twitterviber whatsapp telegramfacebookyoutube instagram
17th June 2026

ރަންބީރު އާއި އަރުޖުން އެކުގައި ސްކްރީނަށް

Aug 31, 2014

ޝުބާޝް ގާއީގެ 1989 ވަނަ އަހަރުގެ ފިލްމް “ރާމް ލަކަން”ގެ ރިމޭކްގައި ރާމް އާއި ލަކަންގެ ރޯލުން އަރުޖުން އާއި ރަންބީރު ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ރާމްގެ ގޮތުގައި އަރުޖުން ފެނިގެންދާނެއިރު ލަކަންގެ ގޮތުގައި ފެންނާނީ ރަންބީރެވެ. ޝުބާޝްގެ ފިލްމްގައި ލަކަންގެ ރޯލް އަނިލް ކަޕޫރު ފެނިގެންދިޔައިރު ރާމްގެ ރޯލުން ފެނިފައިވަނީ ޖެކީ ޝުރޯފް އެވެ.

ކަރަން ޖޯހަރު އާއި ޝުބާޝް ގާއި ޕްރޮޑިއުސް ކުރާ މި ރިމޭކް ފިލްމް 2016 ގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު މި ފިލްމް ޑައިރެކްޓްކުރުމުގެ ޒިންމާ އުފުލާފައިވަނީ ރޯހިތް ޝެޓީ އެވެ.

ހިޓް ފިލްމްގެ ގެރެންޓީއެއްގެ ގޮތުގައި ބެލެވޭ ރޯހިތް ޝެޓީއާ އަރުޖުން އާއި ރަންބީރު މި ފިލްމަށް ސޮއި ކޮށްފިތޯ ސުވާލުކޮށްލުމުން އޭނާ ބުނެފައިވަނީ އަދި އެއްވެސް ކަމެއް ފައިނަލް ނުވާ ކަމަށާއި އިތުރަށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

މި ފިލްމްގައި ހަރަކާތްތެރިވާނެ އަންހެން ތަރިންގެ ނަންތައް އަދި އާންމުވެފައިނުވާއިރު ކުރީގެ ފިލްމްގައި ހަރަކާތްތެރިވެފައިވަނީ މާދުރީ ޑިކްސިޓް، ޑިންޕަލް ކަޕާޑިޔާ އަދި ރާކީ އެވެ.

“ރާމް ލަކަން”އަކީ ބޮލީވުޑްގައި ނިކުތް ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭ ގުނާލެވޭ ފިލްމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355