twitterviber whatsapp telegramfacebookyoutube instagram
5th May 2024

“ވަން ޑިރެކްޝަން” ނުރޫޅޭނެ: ނައެލް

Sep 2, 2014

މިދިޔަ އަހަރުގެ އެންމެ މަގުބޫލު މިއުޒިކް އާރޓިސްޓަކަށް ހޮވުނު “ވަން ޑިރެކްޝަން” ބޭންޑް ރޫޅެން އުޅޭ ކަމަށް ފެތުރިފައިވާ ހަބަރު އެ ބޭންޑްގެ މެންބަރެއް ކަމަށްވާ ނައެލް ހޮރަން ދޮގުކޮށްފި އެވެ.

މި ބޭންޑްގެ ސަޕޯޓަރުންނަށް ބޮޑު ހައިރާން ކަމެއް ގެނެސްދިން މި ހަބަރު ފަތުރާފައިވަނީ “އެކްސް ފެކްޓަރ”ގެ ސިމޮން ކައުވެލް އެވެ.

އޭނާ ބުނެފައިވަނީ ބޭންޑަކީ އަބަދަށް ދެމިގެންދާނެ އެއްޗެއް ނޫން ކަމަށާއި އެ ގޮތުން “ވަން ޑިރެކްޝަން”ވެސް ދެން ބޭންޑެއްގެ ގޮތުގައި ފެނިގެންދާނީ މަދުވެގެން 2 އަލުބަމުން ކަމަށެވެ.

އަދި ބޭންޑްގެ ފަސް މެންބަރުންވެސް އެމީހުންގެ އަމިއްލަ ސޯލޯ ކެރިއާއެއް ބޭންޑް ދޫކޮށްލުމަށްފަހު ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް ނައެލް ވަނީ މި ވާހަކައަށް ރައްދު ދެމުން އެ ބޭންޑް، ބޭންޑެއްގެ ގޮތުގައި އެމީހުންނަށް ދެމެހެއްޓުނުހާ ދުވަހަކު ދަމަހައްޓާނެ ކަމަށާއި ސަޕޯޓަރުންގެ ސަޕޯޓް ލިބޭހާ ދުވަހަކު ބޭންޑް އުވިގެން ނުދާނެ ކަމަށް ބުނެފަ އެވެ.

ނައެލް ބުނީ އަމިއްލަ ކެރިއާއެއް ފެއްޓުމަށް އަދި ނުވިސްނާ ކަމަށާއި އަދި މީތިބީ ބޭންޑް ކުރި އަރުވަން ކަމަށެވެ.

އަދި ބޭންޑްގައި މަސައްކަތް ކުރުމަށް ވަރަށް މަޖާ ކަމަށާއި 5 މެންބަރުންގެ ގުޅުމަށްވެސް އެއްވެސް ބުރުލެއް އަރާފައިނުވާ ކަމަށާއި އެމީހުން އަދިވެސް އުޅެމުން ދަނީ އުފަލުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.

“އެކްސް ފެކްޓަރ”އިން އުފެއްދި މި ބޭންޑް މިހާރު ދަނީ އެމީހުންގެ 4 ވަނަ އަލްބަމްގެ މަސައްކަތް ކުރަމުންނެވެ. އަދި މެދުކެނޑުމެއް ނެތި ދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ޝޯވތައް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355