twitterviber whatsapp telegramfacebookyoutube instagram
5th June 2025

ޖަސްޓިން އާއި ކޯޑީގެ ޑްއެޓް އަލްބަމެއް ރިލީޒް ކުރަނީ

Sep 7, 2014

އޮސްޓްރޭލިޔާގެ ޕޮޕް ސްޓަރ ކޯޑީ ސިމްސަން އާއި ޖަސްޓިން ބީބާ އެކުގައި ޑުއެޓް އަލްބަމެއް ރިލީޒް ކުރުމަށް ހަމަޖެހިއްޖެ އެވެ.

ނޮވެމްބަރ މަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ މި އަލްބަމާ ބެހޭ ގޮތުން ކޯޑީ ބުނެފައިވަނީ އެ ދެމީހުން އެކުގައި ލިޔެފައިވާ ލަވަތަކެއް ނެރުމަށް ތައްޔާރު ކުރަމުންދާ ކަމަށެވެ.

ލަވަތައް ކިޔާފައި ހުންނާނީ ދެމީހުން ވެގެން ކަމަށާއި ގިޓާ ކުޅެފައި ހުންނާނީ އޭނާ ކަމަށް ކޯޑީ ހާމަކުރި އެވެ.

ކޯޑީ އިތުރަށް ބުނެފައިވަނީ ޖަސްޓިން ދެކެނީ ބޭބެއެއްގެ ގޮތުގައި ކަމަށާއި އޭނާއާ އެކު މަސައްކަތްކުރުމަށް ވަރަށް ފަސޭހަ ކަމަށެވެ.

މީގެ އިތުރުން އެ ދެމީހުންވެސް ސޯލޯ އަލްބަމްގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

17 އަހަރުގެ ކޯޑީ މިހާތަނަށް ދެ އަލްބަމް ނެރެފައިވާއިރު އެ ދެ އަލްބަމަށް ޔޫކޭގައި މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355