twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިންޑިޔާގެ 18 އަހަރުގެ އަންހެން ކުއްޖަކު ކުއްތާއަކާ ކައިވެނި ކުރުވައިފި

Sep 4, 2014

އިންޑިޔާގެ އިރުމަތި އަވަށެއް ކަމަށްވާ ޖަރުކަންދުގައި 18 އަހަރުގެ އަންހެން ކުއްޖަކު މަގުމަތީ އުޅޭ ކުއްތާއަކާ ކައިވެނިކުރުވައިފި އެވެ..

ބަދު ނަސީބު ކަމުން ސަލާމާތްވުމަށް ކަމަށް ބުނެ އެ ކުއްޖާ ނުރުހުމުގައި މި ކައިވެނި ކުރުވާފައި ވަނީ އެ އަވަށުގެ ބޮޑުންނެވެ.

އެމީހުން އެ ކައިވެނި ކުރުވާފައިވަނީ އެކުއްޖާއަށާއި އޭނާގެ އާއިލާގެ ކިބައިން ނުބައި ސިހުރެއްގެ އަސަރު ކެނޑުވުމަށާއި ކުރިމަތިވެފައިވާ ބަދު ނަސީބުން ރައްކާތެރިކަމާއި ސުންޕާކަން ފިލުވުމަށް އެދިގެން ކަމަށް އެމީހުން ބުނެ އެވެ.

ކައިވެނި ކުރުމަށްޓަކައި މަގުމަތީގައި އުޅޭ ވަގު ކުއްތާ އަންހެން ކުއްޖާގެ ބައްޕަ ހޯދާފައިވާއިރު ކައިވެނީގެ ހަފުލާއަށް އެ ކުއްތާ ގެނެސްފައިވަނީ އިއްޒަތާއެކުގައި ކައިވެންޏަށް ތައްޔާރު ކުރެވިފައިވާ ހާއްސަ ކާރެއްގަކަން ފާހަގަކޮށްލެވެ.

“އަހަރެން ކުއްތާއަކާ މި އިންނަނީ ބޮޑުން އެގޮތަށް އެދޭތީ، އަހަރެންނަށް ޖެހިފައިވާ ސިހުރުން ސަލާމަތްވާނީ އޭރުން ކަމަށް އެމީހުން ބުނަނީ. އަހަރެން ނޫނަސް ބައިވަރު ކުދިން ވަނީ މިކަން ކޮށްފަ” އެ ކުއްޖާ ބުނެފައިވެ އެވެ.

އެ އަވަށުގެ ބޮޑުން ބުނާ ގޮތުގައި ކުއްތާއާ އިނުމަށްފަހު ސިހުރުން ސަލާމަތްވުމުން ކުއްތާ ވަރިނުކޮށް އެހެން މީހަކާ އިނދެވޭނެ ކަމަށާއި އަދި ފަހުން ކައިވެނިކުރާ ފިރިހެން މީހާގެ އުމުރުވެސް ކުއްތާއާ ކައިވެނި ކުރުމުގެ ސަބަބުން ދިގުވާނެ ކަމަށެވެ.

ސްކޫލެއްގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުވެސް ލިބިފައިނުވާ، އެ ކުއްޖާގެ އާއިލާއިން ހާމަކުރާ ގޮތުގައި އެހެން ކައިވެނިތަކުގައިވެސް ފުރިހަމަކުރާ ހުރިހާ އާދަކާދަތަކެއް މިކައިވެނީގައިވެސް ވަނީ ފުރިހަމަކޮށްފަ ކަމަށާއި ކައިވެނި ކޮށްފައިވަނީ ކުއްތާއަކާ ކަމުގައިވިޔަސް، ހަގީގީ ފިރިއެއްގެ ގަދަރު އެކުއްތާއަށް އެއާއިލާއިން ދޭނެކަމަށެވެ.

“އަހަރެން މީހަކާ އިންނާނަން ކޮންމެވެސް ދުވަހަކުން. ކޮންމެ އަންހެން ކުއްޖެއްގެވެސް ހުވަފެނެއް އެއީ ރީތި ފިރިހެނަކާ ކައިވެނި ކުރުމަކީ. އަހަރެންވެސް އެމީހަކަށް އިންތިޒާރުކުރާނަން.” އެކުއްޖާ ބުނެފައިވެ އެވެ.

މީގެ ކުރިންވެސް ވަނީ އެ އަވަށާއި އެ އަވަށާއި ކައިރީގައިވާ އަވަށްތަކުގައި އަންހެން ކުދިން ކުއްތާއާ ކައިވެނި ކުރުވާފަ އެވެ. އެއީ އެ އަންހެން ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް ބުނެ އެވެ.

މިއީ އެމީހުންގެ ބޯދާ ގަބޫލުކުރުމެކެވެ.

[yass cats=110]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355