twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޕްރިޔަންކާގެ “މެރީ ކޯމް”އަށް ތިން ދުވަހުގެ ތެރޭގައި 27 ކުރޯޑް ލިބިއްޖެ

Sep 10, 2014

ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުގެ ފިލްމް ކަމަށްވާ “މެރީ ކޯމް” އަށް ތިން ދުވަހުގެ ތެރޭގައި 27 ކުރޯޑް ލިބިއްޖެ އެވެ.

ބޮލީވުޑްގެ ބޮކްސް އޮފީސް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ރިލީޒްކުރެވުނު ދުވަސް ކަމަށްވާ މިދިޔަ ހުކުރު ދުވަހު މި ފިލްމަށް 7.50 ކުރޯޑް ލިބުނުއިރު ތިން ދުވަސްވީއިރު މި ފިލްމް ވަނީ 27.50 ކުރޯޑް ހޯދާފަ އެވެ.

މި ފިލްމްގެ ވިޔަފާރި ރަނގަޅު ނަމަވެސް ފިލްމް ވިޔަފާރި ކުރަމުންދާ “ސްޕީޑް” ލަސްކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން 5 ފަހަރު ހޯދާ، އޮލިންޕިކްސްގައި ރަން މެޑަލް ހޯދާފައިވާ އިންޑިޔާގެ މެރީ ކޯމް އަށް ހަދާފައިވާ މި ބަޔޮޕިކް އިންޑިޔާގެ ގިނަ ސްޓޭޓްތަކެއްގައި ވަނީ ޓެކްސް ފްރީ ކޮށްފަ އެވެ.

ނަމަވެސް މެރީ ކޯމް ދިރިއުޅޭ އަވަށް ކަމަށްވާ މަނިޕޫރުގައި މި ފިލްމް އެޅުވުން ވަނީ މަނާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355