twitterviber whatsapp telegramfacebookyoutube instagram
5th June 2025

ޝާހިދުގެ ނެށުން ވަރުންނަށް ވުރެ މޮޅު

Sep 11, 2014

ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ޝާހިދު ކަޕޫރު އާއި ވަރުން ދަވަންގެ ތެރެއިން ނެށުމަށް މޮޅު ތަރިއެއް ހޯދުމަށް ކުރިއަށް ގެންދިޔަ “ޕޯލް”އަކުން ޝާހިދު ކުރި ހޯދައިފި އެވެ.

އިންޑިޔާގެ މަޖައްލާއަކުން ކުރިއަށް ގެންދިޔަ މި “ޕޯލް”އިން ބެލުންތެރިންގެ ތެރެއިން 65 އިންސައްތަ ޝާހިދު ވަރުންނަށް ވުރެ މޮޅުކަމަށް ބުނެފައިވާއިރު 35 އިންސައްތަ ބުނެފައިވަނީ ވަރުން މޮޅު ކަމަށެވެ.

ޝާހިދުއަށް 65 އިންސައްތަ ލިބުނުއިރު ޝާހިދަކީ ބޮލީވުޑްގައި 2003އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ތަރިއެކެވެ. ނަމަވެސް ވަރުންއަކީ 2012 ގައި ބޮލީވުޑަށް ނިކުތް ތަރިއެކެވެ. އެހެންކަމުން މި އިންސަތަކީ ވަރުންއަށް ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކުދެކެ އެވެ.

މިހާތަނަށް އޭނާގެ ތިން ފިލްމް ނިކުމެފައިވާއިރު ތިން ފިލްމަކީވެސް ހިޓް ފިލްމްތަކެއްކަން ފާހަގަކޮށްލެވެ އެވެ.

ޝާހިދާއި ވަރުންއަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ މޮޅެތި ނެށުންތެރިންގެ ތެރެއިން ހޮވާލެވޭ ދެ ތަރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355