twitterviber whatsapp telegramfacebookyoutube instagram
8th December 2025

ޝާހިދު އާއި ކްރިތީ އެކުގައި ސްކްރީނަށް

Sep 14, 2014

“ހީރޯ ޕަންތީ”އިން މަޝްހޫރުކަން ހޯދި ތަރި ކްރިތީ ސަނޯން އާއި ޝާހިދު ކަޕޫރު އެކުގައި ފިލްމެއް ކުޅުމަށް ސޮއިކޮށްފި އެވެ.

ރާޖް ނިދިމޯރުގެ ކުރިއަށް ފިލްމް ކަމަށްވާ “ފަރްޒީ”އަށް މި ދެ ތަރިން ސޮއިކޮށްފައިވާއިރު މި ފިލްމްގައި ޝާހިދު ފެނިގެންދާނީ “ވައިޓް ކޯލާ ކްރިމިނަލް”އެއްގެ ރޯލުންނެވެ. އަދި ކްރިތީ ފެނިގެންދާނީ ދިއްލީގެ އަދައިގެ އަންހެން ކުއްޖެއްގެ ރޯލުންނެވެ.

ކްރިތީގެ ކުރިން މި ރޯލަށް ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އަންހެން ތަރިންގެ ތެރެއިން ތަރިއަކަށް ދިނުމަށް ނިންމާފައިވީ ނަމަވެސް މި ރޯލް ކްރިތީއަށް ލިބިފައިވަނީ “ހީރޯ ޕަންތީ”އަށް ފަހު ޒުވާނުންގެ މެދުގައި އޭނާއަށް ލިބިފައިވާ މަގުބޫލު ކަމަށް ބަލައިފައި ކަމަށް ފިލްމްގެ ޑައިރެކްޓަރ ހާމަކުރި އެވެ.

ކްރިތީ މިހާރު ދަނީ އޭނާގެ ދެވަނަ ފިލްމް ކަމަށްވާ “ސިންހް އިސް ބިންގް”ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމްގައި އޭނާ ފެނިގެންދާނީ އާކްޝޭ ކުމާރާއެކީ އެވެ.

ޝާހިދު ކަޕޫރުގެ “ހައިދަރު” ރިލީޒްކުރަން ކައިރިވެފައިވާއިރު އޭނާ މިހާރު ދަނީ އާލިޔާ ބަޓް އެކީގައި “ޝާންދާރު” ފިލްމްގެ މަސައްކަތް ކުރަމުންނެވެ. “ފަރްޒީ”ގެ މަސައްކަތް ޝާހިދު ފަށާނީ މި ފިލްމްގެ މަސައްކަތް ނިމުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355