twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނިދަން އުނދަގޫވޭތަ؟ ހައްލެއް ބޭނުންތަ؟

Oct 7, 2014

އަރާމު ނިންޖަކަށް އެންމެން ވެސް ލޯބި ކުރާނެ އެވެ. އަދި ހަމަ އެފަދައިން ނިދުމަކީ އަހަރެމެންގެ ސިއްހަތަށްވެސް ނުހަނު މުހިއްމު ކަމެކެވެ. ސިއްހަތު ރަގަޅުގޮތުގައި ހިފެހެއްޓުމަށް “މަރާމާތުގެ” މަސައްކަތް ހަށިގަނޑު ތެރޭގައި ހިނގާ ވަގުތަކީ އަހަރެމެން ނިދާ ވަގުތެވެ. ހަށިގަނޑު ރަގަނޅު ގޮތުގައި ހެދި ބޮޑުވުމަށް ކާނާ ބޭނުންވާ ފަދައިން ރަގަނޅަށް ނިދުމަށް ވެސް ސިއްހަތަށް ރަގަނޅު ކާނާ ބޭނުންވެއެވެ.

ނިދަން އުދަގޫވާނަމަ އެކަން ހައްލު ކުރުމަށް ކެވިދާނެ ބައެއްތަކެތި

އަލްމަންޑް

އަލްމަންޑްގެ މޮޅު ކަމާ ބެހޭގޮތުން ފެބްރޮމިޔަލްޖިޔާ އެންޑް ފެޓީގްގެ މެޑިކަލް ޑައިރެކްޓާރ ޖެކޮބް ވިދާޅުވީ އަލްމަންޑްގައި ހިމެނޭ މެގްނީސިއަމްގެ ސަބަބުން ނިދުމަށް ފަސޭހަވެ ހަށިގަނޑު “ރިލެކްސް” ވުމަށް ފަސޭހަކޮށްދޭނެ އެވެ. އަދި ނިދާފައި އޮންނައިރު ލޭގެ ހަކުރުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ޕޮރޮޓިން ސަޕްލައި ކޮށްދިމުގައި މުހިއްމު ރޯލެއްއަދާކުރެއެވެ. އަލްމަންޑަކީ މިހާރު ދިވެހިންގެ ތެރޭގައި އާންމު އެއްޗަކަށް ވާއިރު ނިދުމުގެ ކުރިން އެއްސަމުސާ އަލްމަންޑް ބަޓަރ ނުވަތަ މުއްވަރެއްގެ އަލްމަންޑު ކެއުމުން ނިދަން އުނދަގޫވާ ބޭފުޅުންނަށް ހައްލަކަށްވާނެއެވެ.

ސައި

ސައި ވެފައިވަނީ ގިނަބަޔަކު ބޭނުން ކުރާ ބުއިމަކަށެވެ. ހަވީރު ވަގުތު ނުވަތަ ނިދުމާއި ގާތްކޮށްފައި ކެފޭން ހުންނަ އެއްޗެހި މަދު ކުރުން އެއީ ބުއްދިވެރިކަމެކެވެ. އޭގެ ތެރޭގައި އަހަރެމެން ބޭނުންކުރާ އާންމު ސައިފަތުން ހަދާ ސައިވެސް ހިމެނެއެވެ. ނަމަވެސް ކެމޮމިލް ޓީ އަކީ ސިއްހަތަށް ފައިދާ ހުރި ނިދަން ފަސޭހަކޮށްދޭ ބޭހެއްގެ ގޮތުގައި ޑޮކްޓަރ ޖެކޮބް ފާހަގަ ކުރައްވަ އެވެ. އަދި ގްރީންޓީއާއެކު ކެމޮމިލް ބޭނުންކޮށްފިނަމަ ރަނގަޅެވެ. ސަބަބަކީ ގްރީން ޓީ ގައި ހިމެނޭ “ތިނައިން” ކިޔާ މާއްދާއެއްގެ ސަބަބުން ނިދުމަށް ފަސޭހަވެގެންދެއެވެ. ކެމޮމިލް ފްލެވަޑް ގްރީންޓީ ވެސް މިހާރު ލިބެން ހުރެއެވެ.

ދޮންކެޔޮ

ދޮންކޭލަކީ ރާއްޖޭގައި ހައްދާ ފަސޭހައިން ލިބޭނެ މޭވާއެކެވެ. ނިދުމުގެ ކުރިން ކޮންމެރެޔަކު ދޮންކެޔޮވަކެއް ކައިފިނަމަ އުނދަގުލަކާ ނުލާ ނިދޭނެ އެވެ. ދޮންކޭލުގައި ހިމެނޭ މާއްދާއެއްކަމަށްވާ މެގްނީސިއަމްގެ ސަބަބުން މަސައްކަތުގެ ސަބަބުން ލިބޭ ހާސްކަމާއި ނުތަނަވަސްކަން ދުރުކުރުމަށް އެހީވެދެއެވެ.

ކިރުގެ ބާވަތްތައް

ކެލްސިއަމްއަކީ ހަށިގަނޑަށް ނުހަނު ބޭނުން މާއްދާއެވެ. ހެދި ބޮޑުވުމަށްޓަކައި ކެލްސިއަމް މުހިއްމު ރޯލެއްއަދާކުރެއެވެ. އަދި ހަމަ އެހެންމެ ކެލްސިއަމްގެ ސަބަބުން ހާސްވުން ދުރުކޮށްދެއެވެ. އަދި ހަށިގަނދުގައި ފައިބާރ އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކޮށްދެއެވެ. ޔޯގަޓް، ޗީޒް ނުވަތަ ކިރަކީ މަތީ އަދަދަކަށް ކެލްސިއަމް ހިމެނޭ ބާތްވައްތަކެކެވެ. ފަސޭހައިން ނިދުމުގެ އިތުރުން ނިދުމުގެ ކުރިން ޔޯގަޓް ތައްޓެއް ކެއުމަށް އާދަކޮށްފިނަމަ މަސައްކަތުގެ ހާސްކަންފިލުވުމަށްވެސް އެހީތެރިވެ ދެއެވެ.

އޯޓް

އޯޓް އަކީ ގިނަ ބޭފުޅުން ހެނދުނު ސަޔަށް ބޭނުން ކުރާ ބާވަތެކެވެ. ފަސޭހައިން ހަދާލެވޭ، އަގު ހެޔޮ ބާވަތަކަށް އޯޓްސް މިހާރުވާނެއެވެ. އޯޓްސްގައި މަތީ އަދަދަކަށް ކެލްސިއަމް، މެގްނީސިއަމް، ޕޮސްފަރަސް ގެ އިތުރުން ޕޮޓޭސިއަމް ހިމެނެއެވެ. މިއީ ފަސޭހަކާމާއެކު ނިދުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ބިސް

ނިދުމުގެ މައްސަލަ އާންމުކޮށް ދިމާވަނީ ޕްރޮޓިން މަދުވުމުން ނުވަތަ އާންމުކޮށް ބޭނުން ކުރެވޭ ލުއި ކާނާއެއްގެ ސަބަބުން ހަކުރާއި ކާބޯހައިޑްރޭޓް ގިނަވުމުންނެވެ. މިސާލަކަށް ކޭކު ފަދަ ފޮނި އެއްޗެހި ފާހަގަ ކޮށްލެވެއެވެ. އެހެންވުމުގެ ސަބަބުން މީހާ ނިދާފައި އޮންނަ އިރު ލޭގެ ޕްރެޝާ ނުވަތް ހަކުރު އެއްވަރެއްގައި ނުހިފެހެއްޓުމުގެ ސަބަބުން 2 ނުވަތަ 3 ފަހަރު ނިދީގައި ހޭލެވޭގޮތް ދިމާވެއެވެ. މިފަދައިން ކަންތައް ދިމާވާނަމަ ނިދުމުގެ އިރުކޮޅެއްކުރިން ރަގަޅަށް ކައްކާފައިވާ ބިހެއް ކަލާށެވެ.

ނިދަން އުދަނގޫވާނަމަ މަތީގައި ބަޔާން ކުރެވުނު ކަންތައްތަކުގެ ތެރެއިން ކަމެއް އިހުތިޔާރު ކުރާށެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭނެ ކަންކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355