twitterviber whatsapp telegramfacebookyoutube instagram
5th May 2024

ތައުލީމް ހޯދުމަށްޓަކައި ބައެއް ގައުމުތަކުގެ ކުދިން އުފުލާ ބުރަ!

Sep 17, 2014

ދުނިޔޭގެ ނިސްބަތުން ބަލާއިރު، ދިވެހިރާއްޖެއަކީ ގައުމުގެ ރައްޔިތުންނަށް ތައުލީމު ހޯދުމުގެ ދޮރު ވަރަށް ފަސޭހަ ގައުމެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ދިވެހިރާއްޖެއަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަނެކެވެ. އަދި ކިޔެވުމަށް ސްކޫލަށް ގޮސް އައުމަށް މާބޮޑު އުނދަގޫތަކެއް އުފުލަންޖެހޭ ގައުމެއް ނޫނެވެ. މަދު ކުދި ރަށްތަކެއް ފިޔަވާ ކޮންމެ ރަށަކީވެސް ގްރޭޑް 1 އިން ފެށިގެން ނުވަތަ ޕްރީ ސްކޫލުން ފެށިގެން ޕްރައިމަރީ ތައުލީމު ލިބޭ ރަށްތަކެވެ. އަދި ގިނަ ރަށްރަށުގައި ސެކަންޑަރީ ލެވެލްއަށް ކިޔަވައިދެއެވެ.

ނަމަވެސް ދުނިޔޭގެ ކޮންމެ ގައުމަކީ މިފަދަ ފުރުސަތުތަކެއް ލިބިފައިވާ ގައުމެއް ނޫނެވެ. އެގައުމުތަކުގެ ދަރިވަރުން ތައުލީމު ހާސިލް ކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ. މިތަނުގައި މި ހިމަނާލަނީ އެކި އެކި ހާލުގައި ތައުލީމު ހޯދުމަށް ކުދިން ކުރާ މަސައްކަތެވެ.

ތިރީގައި މިވާ ފޮޓޯއިން އެފެންނަނީ އިންޑޮނޭސިޔާގެ ސުމަތުރާގެ ހިސާބެކެވެ. މިކުދިން ސްކޫލަށް ދިޔުމަށްޓަކާ ކޮންމެ ދުވަހަކު ކޯރެއް ހުރަސްކުރުމަށް 30 ފޫޓު މަތިން ހަލާކުވެފައިވާ ފާލަމެއް ހުރަސްކުރަންޖެ އެވެ.

މިއީ އިންޑިޔާގެ އަވަށެކެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދިޔުމަށްޓަކާ މިކުދިން މި ގަހުގެ ތެރެއިން ފެން ކޯރު ހުރަސްކުރަން ޖެހެ އެވެ.

މި ފޮޓޯއިން ފެނިގެން އެދަނީ އިންޑިޔާގެ ހިމާލިޔަސް އެވެ. މި އަވަށުގެ ކުދިންނަށް ސްކޫލަށް ދިޔުމަށް ކޮންމެ ދުވަހަކު މި ގަނޑުފެންތައް ހުރަސްކުރެ އެވެ.

މި ފޮޓޯއިން މި ފެންނަނީ ޗައިނާގެ އަވަށެއް ކަމަށްވާ ގުލޫގައި ދިރި އުޅޭ ސްކޫލު ކުދިން ސްކޫލަށް ދިޔުމަށް ދަތުރު ކުރާ މަގެވެ. 5 ގަޑިއިރުގެ ދިގު ދަތުރެއް މިކުދިން ފަރުބަދަ ތަކުގެ ތެރެއިން ސްކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ކުރަން ޖެހެ އެވެ.

ފިލިޕީންސްގެ ރިޒަލް ޕްރޮވިސްގައި ދިރިއުޅޭ ގިނަ ކުދިން ސްކޫލަށް ދަނީ އެއްބައި ތެމިގެންނެވެ. ސަބަބަކީ މިކުދިން ސްކޫލަށް ދަތުރުކުރާ މަގުގައި ކޯރެއް އޮތުމުން އެކޯރު ހުރަސް ކުރަން ޖެހެނީ ޓަޔަރާއި ބައު ޓިއުބު ފަދަ ތަކެތީގައި ކަމަށް ވާތީ އެވެ

ޗައިނާގެ ޕިލީގައި ދިރިއުޅޭ ކުދިން އެކުދިންގެ ސްކޫލަށް ދިއުމަށް ކޮންމެދުވަހަކުވެސް މިފަރުބަދަތައް ހުރަސްކުރަން ޖެހެ އެވެ. ނުރައްކާތެރި ބިރުވެރި އެމަގު މިކުދިން ކޮންމެ ދުވަހަކުވެސް ތައުލީމު ހޯދުމަށް ގިރާކުރަންޖެހެ އެވެ.

ތިފެންނަނީ ސްކޫލަށް ދިއުމަށްޓަކައި އަރަންޖެހޭ ފަރުބަދައަށް އެރުމަށްޓަކައި ހަދާފައިވާ ހަރުގަނޑުތަކެކެވެ. މިކުދިން ސްކޫލަށް ދިއުމަށް ފަރުބަދައަށް އެރުމަށްޓަކައި ބޭނުންކުރަނީ މި ހަރުގަނޑު ތަކެވެ.

މިއީ ކޮލަމްބިޔާގެ ހިސާބެކެވެ. މިކުދިން ސްކޫލަށް ދިއުމަށްޓަކައި “ދި ރިއޯ ނެގްރޯ ރިވާ” ހުރަސްކުރަނީ “ޒިޕް ލައިން” ގެ އެހީގަ އެވެ.

އިންޑޮނޭޝިޔާގެ ޕެންގުރުރަން ދިރިއުޅޭ ކުދިން ސްކޫލަށް ދިއުމަށްޓަކައި މި ބޯޓްގައި އެ ކޯރު ހުރަސްކުރަންޖެހެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355