twitterviber whatsapp telegramfacebookyoutube instagram
5th May 2024

“ބިގް ބޮސް ސީޒަން 8” އަންނަ އާދިއްތާގައި ފަށަނީ

Sep 16, 2014

“ބިގް ބޮސް ސީޒަން 8” އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

ސަލްމާން ހާން ހޯސްޓް ކުރާ މި ޝޯވ މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފްލާއެއްގައި ލޯންޗްކޮށްފައިވާއިރު މި ޝޯވގެ ބައިވެރިން ވަނީ ސިއްރުކޮށްފަ އެވެ.

ސަލްމާން ބުނެފައިވަނީ ބައިވެރިން ސިއްރުކުރީ “ސަސްޕެންސް”އެއްގެ ގޮތުގައި ކަމަށެވެ. އަދި މިފަހަރު އެތައް އައު ކަންތައްތަކާއި “ޓްވިސްޓް”ތައް “ބިގް ބޮސް ހައުސް”އިން ފެނިގެންދާނެ ކަމަށެވެ.

ޕައިލެޓެއްގެ ގޮތުގައި ސަލްމާން ފެނިގެންދިޔަ މި ހަފްލާގައި ސަލްމާން ހާން ބޮއެކޮޓުކުރި ޕޮޓޯގުރާފަރުން ބައިވެރިނުވާކަން ފާހަގަކޮށްލެވެ އެވެ.

މިކަމާ ގުޅިގެން ސަލްމާން ބުނެފައިވަނީ އެކަމާ ގުޅިގެން އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި ފޮޓޯ ނަގަންޖެހޭނީ “މަސް މާރުކޭޓް”ގެ އުސޫލަށް ނޫން ކަމަށެވެ.

މި ޝޯވގެ ސީޒަން 7 ނިންމުމަށްފަހު ސަލްމާން ވަނީ ދެން ޝޯވ އެ ޝޯ ހުށަނާޅާނެ ކަމަށް ބުނެ ޓްވީޓެއް ކޮށްފަ އެވެ. އެއީ އެ ސީޒަންގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެންމެފަހު ވަގުތު ސަލްމާން ޝޯވ ހޯސްޓްކުރުމަށް އެއްބަސްވެފައިވަނީ މި ޝޯވ ގެނެސްދޭ ޗެނަލް ކަމަށްވާ “ކަލާސް”އިން ބޮޑު އަގެއް ދިނުމުން ކަމަށް މައުލޫމާތުލިބެ އެވެ.

ޖެހިޖެހިގެން 5 ވަނަ ފަހަރަށް ސަލްމާން މި ޝޯވ ހޯސްޓް ކުރުމަށް ތައްޔާރުވެފައިވާއިރު މި ޝޯވއަކީ އިންޑިޔާގެ އެންމެ މަގުބޫލް ޝޯވ ކަންވެސް ފާހަގަކޮށްލެވެ އެވެ.

90 ދުވަސް ވަންދެން ޝޯވގެ ބައިވެރިން ގެއެއްގެ ތެރޭގައި ބަންދުވެފައި ތިބޭއިރު މި ދުވަސްތަކުގައި ޝައުގުވެރިވާފަދަ އެތައް ހާދިސާއެއް އެ ގޭ ތެރޭގައި ހިނގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355