twitterviber whatsapp telegramfacebookyoutube instagram
30th April 2026

ޕަރިނިތީއަށް ލިބުނު ކާމިޔާބީ ސޯނަމް އަށް ވުރެ ބޮޑު

Sep 23, 2014

ޕަރިނިތީ ޗޯޕްރާ އާއި އަދިތިޔާ ރޯއީ ކަޕޫރު ހަރަކާތްތެރިވާ “ދާވަތޭ އިޝްގް”އަށް ލިބުނު ކާމިޔާބީ ސޯނަމް ކަޕޫރާއި ފަވާދު ހާން ހަރަކާތްތެރިވާ “ހޫބުސޫރަތު”އަށް ވުރެ ބޮޑުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްވި މި ދެ ފިލްމަށް ފުރަތަމަ ދުވަހު އެވްރެޖް ތަރުހީބެއް ލިބިފައިވާއިރު “ދާވަތޭ އިޝްގް”އަށް ފުރަތަމަ ދުވަހު 3.75 ކުރޯޑް ލިބިފައިވެ އެވެ. އަދި “ހޫބުސޫރަތު”އަށް ލިބިފައިވަނީ 2.75 ކުރޯޑެވެ.

ދެ ދުވަހުގެ ތެރޭގައި “ދާވަތޭ އިޝްގް” 8 ކުރޯޑް ހޯދާފައިވާއިރު ސޯނަމްގެ “ހޫބުސޫރަތު”އަށް ހޯދިފައިވަނީ 6.49 ކުރޯޑެވެ.

ޕަރިނީތީގެ 5 ވަނަ ފިލްމް ކަމަށްވާ “ދާވަތޭ އިޝްގް”އަކީ ޔަޝްރާޖުން ޕްރޮޑިއުސްކޮށް ހަބީބު ފައިސަލް ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. މި ފިލްމްއިން އަނުޕަން ކޭރުވެސް ހާއްސަ ރޯލަކުން ފެނިގެންދެ އެވެ.

ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ ފަވާދު ހާން އެކީ ސޯނަމް ފެނިގެންދާ “ހޫބުސޫރަތު”އަކީ 1980 ވަނަ އަހަރު ރޭކާ އާއި ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން ފެނިގެންދިޔަ “ހޫބުސޫރަތު”ގެ “ރިމޭކް” ފިލްމެކެވެ.

މިހާތަނަށް ޕަރިނީތީ ޗޯޕްރާގެ ހުރިހާ ފިލްމެއް “ހިޓް”ވެފައިވާއިރު ސޯނަމްގެ ގިނަ ފިލްމްތަކަކީ “ފްލޮޕް” ފިލްމްތަކެއްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355