twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަލަށް ފަށާ ވިޔަފާރީތަކަށް ހާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ފަށަނީ

Oct 2, 2014

ހދ. ކުޅުދުއްފުށީގެ ބިޒްނަސް ޑިވެލޮޕްމެންޓް ސާރވިސް ސެންޓަރުން އިންތިޒާމުކޮށްގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށާއި އަލަށް ވިޔަފާރިއެއް ފައްޓަވަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ޓްރޭނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސެންޓަރުން މައުލޫމާތުދިން ގޮތުގައި “ބިޒްނަސް ސްޓާޓްއަޕް ޓްރެއިންގ”ގެ ނަމުގައި ހިންގޭ މި ޕްރޮގްރާމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށާއި އަލަށް ވިޔަފާރީއެއް ފައްޓަވަން ބޭނުންވާ ފަރާތްތަކާއި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރެވޭ ޕްރޮގުރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ހިލޭ ހިންގުމަށް ހަމަޖެހިފައިވާއިރު މި ޓްރޭނިންގައި ވިޔަފާރިއެއް ފެށުމަށް އެނގެންޖެހޭ އެންމެ އަސާސީ މައުލޫމާތުތައް ކިޔަވައިދެވޭނެ ކަމަށާއި ޖުމްލަ 7 ފިލާވަޅު ނަގައިދެވޭނެ ކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ. އެއީ ވިޔަފާރިއެއް ފަށާނެ ގޮތާއި ވިޔާފާރިއެއް އޮގަނައިޒް ކުރާނެ ގޮތާއި ވިޔަފާރީއަށް ފައިސާ ހޯދާ، ފައިސާ އާއި ހިސާބު ބަލަހައްޓާނެ ގޮތާއި މާކެޓް ކުރުމާއި ވިއްކުމާއި ދިމާވާ މައްސަލަތައް ދެނެގަތުމާއި ހައްލުކުރާނެ ގޮތުގެ އިތުރުން އިންސާނީ ވަސީލަތްތައް ދެނެގަތުމެވެ.

އޮކްޓޯބަރ މަހުގެ 12 އަދި 13 ގައި ހިންގަން ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައި ނަން ނޯޓް ކުރުމުންނާއި 7920737 މި ނަމްބަރަށް ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރާއި އައިޑީ ކާޑް ނަމްބަރު އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ ކަމަށް އެ ސެންޓަރުން ބުނެ އެވެ.

ޓްރޭނިންގެ ދެ ދުވަހު ހާޒިރުވެ ބައިވެރިވާ ކޮންމެ ފަރާތަކަށް ހަނދާނީ ލިޔުމެއްވެސް ދެވޭނެ ކަމަށް ބިޒްނަސް ޑިވެލޮޕްމެންޓް ސާރވިސް ސެންޓަރުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355