twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެންޖެލީނާ ކުރާ މަސައްކަތް ފާހަގަކޮށް ރާނީ ޝަރަފުވެރި ލަގަބެއް އަރުވައިފި

Oct 13, 2014

ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުރާ ކެންޕޭންތަކާއި މަސައްކަތްތައް ފާހަގަކޮށް ޝަރަފުވެރި ލަގަބެއް ކަމަށްވާ “އޮނަރަރީ ޑޭމް”ގެ ލަގަބް ކްއީން އެލިޒަބަތް 2 އޭނާއަށް އަރުވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު މިކަމަށްޓަކައި ބޭއްވި ރަސްމިޔާތުގައި އެންޖެލީނާގެ އިތުރުން އޭނާގެ ފިރިމީހާ ބްރެޑް ޕިޓް އަދި އެ ދެމީހުންގެ ހަ ދަރީން ބައިވެރިވެފައިވެ އެވެ.

“އޮނަރަރީ ޑޭމް”ގެ ލަގަބަކީ ކްއީން އަރުވާ މަތިވެރި ލަގަބެކެވެ. މިފަދަ ލަގަބެއް އެންޖެލީނާއަށް ލިބިގެންގޮސްފައި މިވަނީ ލާއިންސާނީ އަމަލުތަކާއި އަންހެނުންނަށާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލާ އަދި އެފަދަ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް އޭނާ ވަމުންދާ އެހީތަކުގެ ސަބަބުންނެވެ.

39 އަހަރުގެ އެންޖެލީނާ އަކީ ކާމިޔާބު، މުއްސަނދި ތަރިއެއް ކަމަށްވީ ނަމަވެސް ފިލްމީ ދާއިރާއަށް ވަގުތު ހޭދަކުރުމުގެ އިތުރުން އޭނާ ދަނީ އެތަކެއް “ޗެރިޓީ” ކެމްޕެއިންތަކާއި ހަރަކާތްތަކެއްގައި އިސްވެ ހަރަކާތްތެރިވަމުންނެވެ.

ހޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓްރެސް ކަމަށްވާ އެންޖެލީނާއަށް ވަނީ “ގާލް އިންޓަރަޕްޓެޑް” ގައި އަދާކުރި ރޯލަށް އޮސްކާ ވެސް ލިބިފައެވެ. އަދި “ޓޮމްބް ރައިޑާ” އަދި “މިސްޓަރ އެންޑް މިސިސް ސްމިތް” ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ލިބިގެން ވަނީ ގޮސްފަ އެވެ.

އެންޖެލީނާ އިންސާނީ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތަށް ހިލޭ ސާބަހަށް ނުކުތީ “ޓޮމްބް ރައިޑާ” ފިލްމު ޝޫޓް ކުރަން ކެމްބޯޑިއާ އަށް ގޮސްއުޅުމުގެ ތެރޭގައި ފެނިގެންދިޔަ ބައެއް މަންޒަރުތަކުގެ ސަބަބުންނެވެ.

އެންޖެލީނާއަކީ ޔޫއެންގެ ރެފިއުޖީންގެ ހައި ކޮމިޝަނާގެ ހާއްސަ އެންވޯއީއެއްގެ އިތުރުން ބްރިޓިޝްގެ ކުރީގެ ފޮރިން ސެކިއުރިޓީ ވިލިއަމް ހޭގް އުފެއްދި ޖިންސީ ގޯނާ ހުއްޓުވާ އިނިޝިއޭޓިވްގެ ކޯ ފައުންޑަރއެކެވެ.

“ޖިންސީ ގޯނާ ހުއްޓުވުމުގެ ކެމްޕެއިންގައި މަސައްކަތް ކޮށްލުމަކީ ޝަރަފެއް. އަހަރެންނަށް އެނގޭ ކާމިޔާބުވާން ގިނަ ވަގުތު ނަގާނެކަން. އަހަރެން މިހުރީ މަސައްކަތްކުރަން.” އެންޖެލީނާ ބުނެފައިވެ އެވެ.

ޔުނިސެފްގެ ރިޕޯޓްތައް ދައްކާގޮތުން ކޮންމެ އަހަރަކު ކޮންފްލިކްޓް ޒޯންތަކުގައި އުޅޭ 150 މިލިއަން އަންހެން ކުދިންނަށް އަދި 73 މިލިއަން ފިރިހެން ކުދިންނަށް ޖީންސީ ގޯނާ ތަޖުރިބާ ކުރަންޖެހެ އެވެ.

[yass cats=127]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355