twitterviber whatsapp telegramfacebookyoutube instagram
19th April 2025

ފައްތާހުގެ “އާދޭސް”ތިލަދެކުނު ސިނަމާއަށް

Oct 18, 2014

ޑައިރެކްޓަރ އަބްދުލް ފައްތާހުގެ އެންމެ ފަހުގެ ފިލްމް “އާދޭސް” ނޮވެމްބަރ 6 ގައި ތިލަދެކުނު ސިނަމާގައި އަޅުވަން ހަމަޖެހިއްޖެ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން ތިލަދެކުނު ސިނަމާގެ ފަރާތުން ބުނީ މި ފިލްމް 6 ނޮވެމްބަރުވާ ބުރާސްފަތި ދުވަހުގެ ރޭ ތިލަދެކުނު ސިނަމާގައި އަޅުވަން ހަމަޖެހިފައިވާ ކަމަށާއި ޓިކެޓެއްގެ އަގަކީ 60 ރުފިޔާ ކަމަށެވެ.

މިއަންނަ ހޯމަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފަށާއިރު ޓިކެޓް ލިބެން ހުންނާނީ “ޓޫ އެޗް ޓޫ” ފިހާރައިންނެވެ. އަދި އެއް ޝޯވ ފުލުވެއްޖެނަމަ ދެވަނަ ޝޯވ އެއްވެސް އަޅުވާނެ ކަމަށްވެސް ތިލަދެކުނު ސިނަމާގެ ފަރާތުން މައުލޫމާތުދިނެވެ.

އާއިލީ މައްސަލަތަކާއި ނަސްލު އޮޅުމާއި ލޯބީގެ ކޮމްޕޯނެންޓް ތަކަކާއި އެކު ގެނެސްދީފައިވާ ދިވެހި މެލޯޑްރާމާއެއް ކަމަށްވާ “އާދޭސް” މި ފިލްމުން ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ކުރީގެ މަޝްހޫރު ދެ ބަތަލުން ކަމަށްވާ މޫސާ ޒަކަރިއްޔާ އަދި ހުސެއިން ސޮބާހު ފެނިގެންދާނެ އެވެ.

މޫސަ އާއި ސޮބާގެ އިތުރުން ނިއުމާ، އާމިރާ، އަޒޫ އަދި ދޮން އައްޔަ މުހިންމު ރޯލްތަކަކުން ފެނިގެންދާ މި ފިލްމަކީ މިހާތަނަށް ފައްތާހުއަށް ހެދުނު އެންމެ ރީތި ފިލްމް ކަމަށް އޭނާ ބުނެފައިވެ އެވެ.

ޑޭޝް ސްޓޫޑިއޯގެ އެއް ބާނީ ކަމަށްވާ ހަސަން އަލީ ގެ ސްކްރީންޕްލޭއަކަށް ބިނާކޮށް ޑޭޝް ސްޓޫޑިއޯ އާއި މާސްކޭ ސްޓޫޑިއޯގެ އިތުރުން އޯކޭޒް އިންކް ގުޅިގެން އުފައްދާފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޝަރަން ހަސަން އަލީ އެވެ.

އޮލިންޕަހުގައި މި ފިލްމްގެ 17 ޝޯވ އަޅުވާފައިވެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355