twitterviber whatsapp telegramfacebookyoutube instagram
27th July 2026

ސުޕަހިޓް ފިލްމް “ދަޅުކަން” ގެ ދެވަނަ ބައެއްގެ މަސައްކަތް ފަށަނީ

Oct 28, 2014

2000 ވަނަ އަހަރު ރިލީޒްވި “ދަޅުކަން”ގެ ދެވަނަ ފިލްމްގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރ ރަތަން ޖެއިން ހާމަކޮށްފި އެވެ.

ބޮލީވުޑްގެ ހިޓް ފިލްމެއް ކަމަށްވާ މި ފިލްމްގެ ދެވަނަ ބައެއް ހެދުމަށް ތައްޔާރުވަމުންދާއިރު މިހާރު ކުރިއަށްދަނީ ސްކްރިޕްޓް ހެދުމުގެ މަސައްކަތް ކަމަށް ރަތަން އިންޑިޔާގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ޝިލްޕާ ޝެޓީ އާއި އާކްޝޭ ކުމާރު އަދި ސްނިލް ޝެޓީ ހަރަކާތްތެރިވި “ދަޅުކަން”ގެ ދެވަނަ ބައަށް އަދި ތަރިން ކަނޑަނާޅާ ކަމަށާއި މި ފިލްމުން އައު ތަރިން ނުވަތަ މަޝްހޫރު ތަރިންވެސް ފެނިގެން ހިނގައިދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ރާއްޖޭގެ ގިނަ ބަޔަކަށްވެސް މަގުބޫލް މި ފިލްމްގެ ދެވަނަ ބައި ޑައިރެކްޓްކުރުމުގެ ޒިންމާ އުފުލާފައިވަނީ އެތަކެއް ހިޓް ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ވިކްރަމް ބަޓެވެ.

“ދަޅުކަން”އިން ފެނިގެންގޮސްފައިވަނީ މުއްސަނދި އަންހެން ކުއްޖަކާއި ފަގީރު ފިރިހެން ކުއްޖެއްގެ ލޯބީގެ ގުޅުމަށް ދިމާވާ ހުރަސްތަކާއި މައިންބަފައިން މަޖުބޫރުކޮށްގެން ކުރާ ކައިވެންޏަށް ވެގެންދާ ގޮތްތަކެވެ. އަސަރުގަދަ މި ފިލްމުގެ ލަވަތަކަކީވެސް ބެލުންތެރިންގެ މަގުބޫލްކަން ހޯދާފައިވާ މަޝްހޫރު ލަވަތަކެކެވެ.

“ދަޅުކަން 2″ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރޗް މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355