twitterviber whatsapp telegramfacebookyoutube instagram
18th August 2019

ދިރާގުން 4ޖީގެ ހިދުމަތް ދޭން ފަށައިފި

Oct 27, 2014

ދިރާގުން 4ޖީ އެލްޓީއީ އޭ ނެޓްވޯކް ކާމިޔާބު ކަމާއެކު ތައާރަފުކޮށް ޓެސްޓު ކުރުމަށް ފަހު މާލެ ހިމެނޭ ސަރަހައްދަށް ދޫކުރަން ފަށައިފި އެވެ

މި ހިދުމަތް ދިރާގުން ތައާރަފް ކުރުމަށް ފަހު 4ޖީގެ ހިދުމަތް ލިބޭ ސިމް އިއްޔެއިން ފެށިގެން އަންނަ ނޮވެމްބަރ މަހު އެއްވަނަ ދުވަހާ ހަމަޔަށް ދިރާގުން ވަނީ ހިލޭ ދޫކުރަން ހަމަޖައްސާފަ އެވެ. އަދި މި ސިމަކީ 3ޖީގެ އިތުރުން 2ޖީ ވެސް ލިބޭ ސިމެކެވެ.

އެގޮތުން 4ޖީގެ ހިދުމަތް މިވަގުތު ލިބެނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ސަރަހައްދަށް ނަމަވެސް އެހެން ބައެއް ރަށްރަށަށް ވެސް މި ހިދުމަތް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އެގޮތުން ދިރާގުން މިކަމަށްޓަކައި ބޭއްވި ހާއްސަ ނިއުސް ކޮންފަރެންސްގައި ވަނީ ކުންފުނީގެ މުސްތަގުބަލުގައި 4ޖީގެ ހިދުމަތާއެކު ތައާރަފު ކުރުމަށް ނިންމާފައިވާ ބައެއް ޑިވައިސްތަކުގެ އިތުރުން 4ޖީގެ ހިދުމަތުގެ ސްޕީޑް ވެސް ދައްކާލައިފަ އެވެ.

ދިރާގުން ދޫކުރަން ފަށާފައިވާ 4ޖީގެ ހިދުމަތް މިހާރު ދޫކުރަމުންދާ ޕެކޭޖް ތަކުގެ އިތުރުން އިތުރު ޕެކޭޖްތަކަށް ވެސް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355