twitterviber whatsapp telegramfacebookyoutube instagram
2nd May 2024

“ބޭންގް ބޭންގް” ގެ ރިކޯޑް “ހެޕީ ނިއު އިޔާ” އިން މުގުރާލައިފި

Nov 7, 2014

ރިތިކް ރޯޝަންގެ “ބޭންގް ބޭންގް”އިން ބޮކްސް އޮފީހުގައި ގާއިމްކުރި ރެކޯޑް ޝާހުރުކް ހާންގެ “ހެޕީ ނިއު އިޔާ”އިން މުގުރާލައިފި އެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ “ހެޕީ ނިއު އިޔާ” މިހާރު ވަނީ ހަމައެކަނި އިންޑިޔާގައި 183.50 ކްރޯޑްގެ އާމްދަނީއެއް ހޯދާފަ އެވެ. މިއީ “ބޭންގް ބޭންގް”އަށް ވުރެ ބޮޑު އާމްދަނީއެކެވެ. “ބޭންގް ބޭންގް”އަށް އިންޑިޔާއިން ލިބިފައިވަނީ 181.3 ކްރޯޑެވެ.

މި އަހަރު ރިލީޒްވި ފިލްމްތަކުގެ ތެރެއިން އާމްދަނީގެ ގޮތުން ދެވަނަގައި އޮތް “ބޭންގް ބޭންގް” ވައްޓާލުމަށްފަހު ޝާހުރުކް އަދި ދީޕިކާ އެކުގާ ފެނިގެންދާ ތިންވަނަ ފިލްމް “ހެޕީ ނިއު އިޔާ” ވަނީ މި ޗާރޓްގެ ދެވަނަ މަގާމް ހޯދާފަ އެވެ. އަދި އެއްވަނަ މަގާމުގައި އޮތް ސަލްމާން ހާންގެ “ކިކް” މި ފިލްމްއިން ވައްޓާލާނެކަމަށް އިންޑިއާގެ ފިލްމް އިންޑަސްޓްރީ ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ސަލްމާން އަދި ޖެކްލިން ފެނިގެންދިޔަ “ކިކް”އަށް އާމްދަނީއެއްގެ ގޮތުގައި 233 ކްރޯޑް ލިބިފަ އެވެ.

ޝާހުރުކް އާއި ދިޕިކާގެ އިތުރުން މި ފިލްމްއިން އަބީޝެކް ބަޗަން، ސޯނޫ ސޫދް، ބަމަން އިރާނީ އަދި ކުޅަދާނަ އެކްޓަރ ނަސީރުއްދީން ޝާހްގެ ދަރި ވިވާން ޝާހް ފެނިގެންދެ އެވެ.

މި ފިލްމްއިން ފެނިގެންދަނީ 6 “ލޫޒާރސް”ގެ ވާހަކަ އެވެ. ދިރިއުޅުމުގައި ނާކާމިޔާބީއާ ކުރިމަތިވެފައިވާ 6 މީހުން ދުނިޔޭގެ ނެށުމުގެ މުބާރާތުގައި ބައިވެރިވެ އެ މުބާރާތް ކާމިޔާބުކުރުމަށް ކުރާ މަސައްކަތްތަކެވެ.

ޝާހުރުކްގެ މި ފިލްމް މިހާ ބޮޑު ކާމިޔާބީތަކެއް ހޯދަމުންދާއިރު އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އާމިރު ހާން ދަނީ އޭނާގެ “ޕީކޭ” ފިލްމާއެކު އެ ރިކޯޑްތައް މުގުރާލުމަށް ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355