twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަމިއްލަ ދަރިފުޅުގެ ފިލްމް “ހެޕީ ނިއު އިޔާ”އަކީ ތާކުންތާކު ނުޖެހޭ ފިލްމް ކަމަށް ޖަޔާ ބަޗަން ބުނެފި

Nov 8, 2014

އަމީތާބް ބަޗަން އާއި ޖަޔާ ބަޗަންގެ ދަރި އަބީޝެކް ބަޗަން ހަރަކާތްތެރިވާ ފިލްމް “ހެޕީ ނިއު އިޔާ” އަކީ މި އަހަރު މިހާތަނަށް ނިކުތް އެންމެ ކަމުނުދާ ފިލްމް ކަމަށާއި އެއީ ތާކުންތާކު ޖެހޭ ފިލްމެއް ނޫން ކަމަށް ޖަޔާ ބަޗަން ބުނެފި އެވެ.

ޖަޔާ މިހެން ބުނެފައިވަނީ އެ ފިލްމް ބެލުމަށްފަހު މީޑިޔާއަށް ދިން ބަސްދީގަތުމެއްގަ އެވެ. ޖަޔާ އެ ފިލްމަކީ “ނޮންސެންސް” ފިލްމެއް ކަމަށް ބުނެފައިވާއިރު ބޮލީވުޑްގައި އެފަދަ ފިލްމްތައް މިހާރަކަށް އައިސް ގިނަވަމުންދާތީ އޭނާ ހިންދީ ފިލްމްތައް ދެކެ ފޫހިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އޭނާ ބޮލީވުޑްގެ ފިލްމްތަކާ މިހާރު އެހާ ދުރީވެސް އެ ސަބަބަށްޓަކައި ކަމަށް ޖަޔާ ހާމަކުރި އެވެ.

ޖަޔާ މިހެން ބުނެފައިވާއިރު އެ ފިލްމްގެ މުހިންމު ރޯލަކުން ދަރިފުޅު އަބީޝެކް ފެނިގެންދެ އެވެ. އަދި ބޮލީވުޑްގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޝާހުރުކް ހާން ވެސް ފެނިގެންދެ އެވެ. ޖަޔާ ވަނީ މިފަދަ މޮޔަ ރޯލްތައް ކުޅިގެން މޮޅު އެކްޓަރަކަށް ވަންޏާ އޭނާގެ ދަރިފުޅު އަބީޝެކް އަކީވެސް މޮޅު އެކްޓަރެއް ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާގޮތުން ޖަޔާގެ މިފަދަ ބަސްދީގަތުމެއް މީޑިޔާއަށް ދިނުމުން ޝާހުރުކް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ޖަޔާގެ ފަރާތުން މައާފަށް އެދުމަށް އަބީޝެކް އާއި އޭނާގެ އަންހެނުން އައިޝްވަރިޔާ ޝާހުރުކްގެ ގެއަށް އައުމުން ޝާހުރުކް ވަނީ އެމީހުންނާ ބައްދަލުކުރުމަށް އިންކާރުކޮށްފަ އެވެ.

އަދި ޖަޔާގެ އެ ވާހަކަތަކުން ޝާހުރުކަށް އަސަރުކޮށްފައިވާތީ އާމީތާބު ބަޗަންވެސް ވަނީ ޝާހުރުކަށް މައާފަށް އެދި މެސެޖެއް ފޮނުވާފަ ކަމަށް އިންޑިޔާގެ ނޫސްތަކުގެ ފަލަ ސުރުހީގައިވެ އެވެ.

ޝާހުރުކްގެ ސަޕޯޓަރުންވެސް މި ބަސްދީގަތުމުގެ ސަބަބުން ޖަޔާއަށް ދަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. ނަމަވެސް މިކަމާ ބެހޭގޮތުން މިހާތަނަށް ޖަޔާ އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އަދި މައާފަށްވެސް އެދިފައެއް ނުވެ އެވެ.

“ހެޕީ ނިއު އިޔާ” މި އަހަރު ނިކުތް ފިލްމްތަކުގެ ތެރެއިން މިހާތަނަށް އާމްދަނީގެ ގޮތުން އެންމެ ރަނގަޅު ދެވަނަ ފިލްމްގެ ގޮތުގައި ޗާރޓުގައި އޮތްއިރު ކްރިޓިކްސްގެ ފަރާތުން މި ފިލްމަށް ލިބިފައިވާ ރިވިއުތައް އެހާ ރަނގަޅެއް ނޫނެވެ.

މި ފިލްމްގައި ޝާހުރުކް އާއި އަބީޝެކްގެ އިތުރުން ސޯނޫ ސޫދް، ބޮމަން އިރާނީ އަދި ދީޕިކާ ޕަޑްކޯން ހަރަކާތްތެރިވެ އެވެ. އަދި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ފަރާ ހާން އެވެ.

ޖަޔާ އާއި ޝާހުރުކް މީގެކުރިން ސްޕަހިޓް ދެ ފިލްމް ކަމަށްވާ “ކަބީ ހުޝީ ކަބި ގަމް” އާއި “ކަލް ހޯ ނަ ހޯ”އިން އެކުގައި ފެނިގެން ގޮސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355