twitterviber whatsapp telegramfacebookyoutube instagram
12th September 2026

އަނިލް ކަޕޫރްގެ ފިރިހެން ދަރި ވެސް ބޮލީވުޑަށް

Nov 11, 2014

އަނިލް ކަޕޫރްގެ އަންހެން ދަރިން ކަމަށްވާ ސޯނަމް އަދި ރިޔާ އަށް ފަހު ފިރިހެން ދަރި ހަޝްވަރުދަން ކަޕޫރްވެސް ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

ހަޝްވަރުދަންގެ ފުރަތަމަ ފިލްމްގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ. އެއީ ރާކޭޝް އޯމް ޕްރަކާސްގެ ފިލްމް “މިރްޒާ” އެވެ. މި ފިލްމަކީ މިރްޒާ އާއި ސާހިބާގެ މައްޗަށް ބިނާކޮށް ހަދާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

ހަޝްގެ އިތުރުން މި ފިލްމުން ދެން ވެސް ފެނިގެންދާނީ ބޮލީވުޑަށް އަލަށް ނިކުންނަ ތަރިއެކެވެ. އެއީ ކުރީގެ މަޝްހޫރު އަންހެން ބަތަލާ ޝަބާނާ އާޒްމީގެ ކޮއްކޮއެކެވެ.

މި ފިލްމް ޑައިރެކްޓްކުރާ ރާކޭޝް އަކީ މީގެ ކުރިން އެތަކެއް ހިޓް ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ފަރާތެކެވެ. އޭގެތެރޭގައި “ބާގް މީކާ ބާގް”، ދެއްލީ 6” އަދި “ރަންގް ބަސަންތީ” ހިމެނެ އެވެ.

ބޮލީވުޑްގައި ސޯނަމް ކަޕޫރަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާއިރު ރިޔާ ދަނީ ފިލްމް ޑައިރެކްޓްކުރުމާއި ޕްރޮޑިއުސް ކުރުމުގައި ކުރިއަރަމުންނެވެ. އަދި ހަޝްގެ ދެބެންގެދެދަރި ބޭބެ އަރުޖުން ކަޕޫރަކީ މިހާރު އެންމެ ކުރިއަރަމުން އަންނަ ފިރިހެން ބަތަލެވެ.

“މިރްޒާ” މި ފިލްމް ރިލީޒްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293