twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބަރުދަން ލުއިކުރަން ލުނބޯ ފަނި!

Dec 11, 2014

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު އެކި ކަހަލަ މަސައްކަތް ކުރެއެވެ. ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ. އެހެންނަމަވެސް އެގޮތުގައި ހިފަހައްޓާ ލެވެނީ މަދުބަޔަކަށެވެ. ސަބަބަކީ ގިނަ މީހުންނަށް ރަނގަޅު ޑައިޓަކީ ކޮބާކަމެއް ނޭގުމެވެ.

ކެއުމަށް ގެންނަ ކުޑަ ބަދަލަކުންވެސް ބަރުދަންލުއި ވެގެންދެ އެވެ. އެހެންނަމަވެސް އެއީ ރަނގަޅު ބަދަލަކަށްވާ ނަމަ އެވެ.

އެގޮތުން ލުނބޮލަކީ ފަސޭހައިން ލިބޭ އަދި ބަރުދަން ލުއިކުރުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ކޮންމެ ދުވަހަކު ގަވައިދުން 4 ތަށި ލުނބޯފަނި ބޭނުން ކުރާނަމަ ހަށިގަނޑުން ކޮންމެ ދުވަހެއްގެ މަތިން 1 ކިލޯ ގްރާމް ލުއިވެގެންދެ އެވެ.

މިގޮތަށް ލުނބޯފަނި ބޭނުން ކުރައްވާއިރު ލުނބޯފަނި ތެރެއަށް މާމުތް އެއްކުރައްވައިގެން ފިނި ބުއިމެއްގޮތުގައި އައިސް ކިއުބް އަޅައިގެން ބޭނުން ކުރައްވާށެވެ. ސަބަބަކީ ފިނި ބުއިންތަކަކީ ހަށިގަނޑަށް އިތުރު ހަކަތަ ގެނެސްދޭ އެއްޗަކަށް ވާތީ އެވެ.

ދުވަހުގެ ފެށުމުގެ ގޮތުން ހެނދުނުގެ ސަޔަށް ތަރުކާރީ ސެލެޑަކާއި އެކު ލުނބޯފަނި ބޭނުން ކުރައްވާށެވެ. އަދި މެންދުރު ކެއުމުގެ ކުރިން ދެވަނަ ލުނބޯފަނި ތަށި ބޭނުން ކުރައްވާއިރު އަލްމަންޑް ފަދަ އެއްޗެއް ބޭނުން ކުރައްވާށެވެ.

މެންދުރު ކެއުމަށް ބިސް އަދި ގިނައިން ފެހިކަން ގަދަފަތް ބޭނުން ކުރުމަށް އާދަ ކުރައްވާށެވެ. އެގޮތުން ބަތާއެކު ލެޓިއުސް ފަދަ ފަތް މޮޑެގެން ބޭނުން ކުރެވިދާނެ އެވެ.

އެއަށްފަހު ހަވީރު ތިންވަނަ ފަނިތަށި ބޭނުން ކުރައްވާށެވެ. އަދި ހަވީރު ސައި ސްކިޕް ކޮށްލުމަށްފަހު އެގަޑިގައި ކޮންމެވެސް މޭވާއެއް ބޭނުން ކުރައްވާށެވެ.

ރޭގަނޑުގެ ކެއުމުގައި ބަތާއި އެކު ފިހުނުމަހެއް ނުވަތަ ތަރުކާރީ ސެލެޑެއް ބޭނުންކުރެވިދާނެ އެވެ. އަދި ދުވަހުގެ އެންމެ ފަހު ފަނިތަށި ނިދުމުގެ 2 ގަޑިއިރު ކުރިން ބޭނުންކުރައްވާށެވެ.

މިގޮތަށް ކެއުންކުރިއަށް ގެންދާއިރު ތައްޔާރީ ކާނާ ނުވަތަ ޖަންކް ފުޑްސް ބޭނުން ކުރުން ހުއްޓާލުން މުހިއްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355