twitterviber whatsapp telegramfacebookyoutube instagram
19th February 2026

އެމެރިކަން މިއުޒިކް އެވޯޑްގައި ވަން ޑައިރެކްޝަނަށް ބޮޑެތި ކާމިޔާބީތަކެއް

Nov 26, 2014

މި އަހަރުގެ އެމެރިކަން މިއުޒިކް އެވޯޑްގައި ވަން ޑިރެކްޝަނަށް 3 އެވޯޑަކާއެކު ބޮޑެތި ކާމިޔާބީތަކެއް ލިބިގެން ގޮސްފި އެވެ.

އެގޮތުން ވަން ޑައިރެކްޝަނަށް ވަނީ އާޓިސްޓް އޮފް ދަ އިޔާގެ އެވޯޑާއި އެންމެ މަގުބޫލް ބޭންޑްގެ އެވޯޑްގެ އިތުރުން އެންމެ މަގުބޫލް ޕޮޕް ރޮކް އަލްބަމްގެ އެވޯޑް ލިބިފަ އެވެ. މި އެވޯޑް ލިބިފައިވަނީ އެ ބޭންޑްގެ “މިޑް ނައިޓް މެމޮރީސް” މި އަލްބަމަށެވެ.

މި އެވޯޑް ހަފުލާގައި ކޭޓީ ޕެރީއަށްވެސް ވަނީ ގިނަ އެވޯޑްތަކެއް ލިބިފަ އެވެ. އެގޮތުން ސިންގާ އޮފް ދަ އިޔާގެ އެވޯޑާއި އެންމެ މަގުބޫލު ޕޮޕް ރޮކް ސޯލޯ އާޓިސްޓްގެ އެވޯޑާއި އެންމެ މަގުބޫލް އެޑަލްޓް ކޮންޓެމްޕްރަރީ އާޓިސްޓްގެ އެވޯޑް ހޯދާފައިވެ އެވެ.

މީގެއިތުން 6 އެވޯޑަކަށް ނޮމިނޭޓްވި އިގީ އަޒާލީ ވަނީ ޑްރޭކް އަދި އެމިނެމްއާ ވަދާކޮށް ދެ އެވޯޑެއް ހާސިލްކޮށްފަ އެވެ.

މި އެވޯޑް ޝޯވ ފަށާފައިވަނީ ޓޭލާ ސްވިފްޓްގެ ހުށައަޅައިދިނުމަކުންނެވެ. ޓޭލާގެ އިތުރުން ވަން ޑިރެކްޝަން، ސެލީނާ ގޮމޭޒް، 5 ސެކަންޑްސް އޮފް ސަމާ އަދި ލޯޑްގެ ހުށައަޅައިދިނުންތައް ވަނީ ފެނިގެން ގޮސްފަ އެވެ.

މި ޝޯވ ހުށައަޅާދީފައިވަނީ ރެޕާ ޕިޓްބުލް އެވެ. މިއީ އޭނާ މި އެވޯޑް ޝޯވ ހުށައަޅާދޭތާ 2 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355