twitterviber whatsapp telegramfacebookyoutube instagram
3rd August 2026

30 އަހަރުން ދަށުގެ ލަވަކިޔުންތެރިންގެ ތެރެއިން ބޮޑު އާމްދަނީލިބޭ މީހުންގެ ލިސްޓްގެ އެއްވަނަ ޖަސްޓިންއަށް

Nov 27, 2014

ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި ވަން ޑިރެކްޝަން ބޭންޑް ފަހަތަށް ޖައްސާލުމަށްފަހު 30 އަހަރުން ދަށުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ ލިސްޓްގެ އެއްވަނައަށް ޖަސްޓިން ބީބާ އަރައިފި އެވެ.

ޖަސްޓިން ވަނީ މިދިޔަ އަހަރު 80 މިލިއަން ޑޮލަރު އޭނާގެ ވޯލްޑް ޓްރިޕްތަކާއި އިސްތިހާރުތަކުން ހޯދާފަ އެވެ.

ޖަސްޓިންއާ އެންމެ ކައިރިން ވާދަކުރި ވަން ޑިރެކްޝަން މި ލިސްޓްގެ ދެވަނަގައިވާއިރު އެ ބޭންޑަށް އާމްދަނީއެއްގެ ގޮތުގައި 75 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އަދި ވަން ޑިރެކްޝަންގެ ހެރީގެ ކުރީގެ ލޯބިވެރިޔާ ޓޭލާ ލިސްޓްގެ ތިންވަނާގައި އޮތްއިރު އޭނާއަށް 64 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މި ލިސްޓްގެ ހަތަރުވަނާގައި ބްރޮނޯ މާރސް އޮތްއިރު ފަސްވަނަ މަގާމް ހާސިލްކޮށްފައިވަނީ ރިހާނާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355