twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޑްރާމާ ސީރީޒްތަކުން މަޝްހޫރުކަން ހޯދި ބަރުން ބޮލީވުޑަށް

Dec 1, 2014

އިންޑިޔާގެ ޑްރާމާ ސީރީޒްތަކުން މަޝްހޫރުކަން ހޯދާ ޓީވީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު ބަތަލާއަށްވުމަށްފަހު ބަރުން ސޯބްތީ ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

“މޭ އޯރު މިސްޓަރ ރައިޓް” މި ފިލްމުން ބަރުން ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު މި ފިލްމްގެ ޓްރެއިލާ ވަނީ ބެލުންތެރިން ބަލައިގަނެފަ އެވެ.

12 ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމްގެ ޓްރެއިލާ ރިލީޒްކޮށްފައިވަނީ ސައިފް އަލީ ހާންގެ ފިލްމް “ހެޕީ އެންޑިން”އާއެކުގަ އެވެ.

ބަރުންގެ އިތުރުން މި ފިލްމްގައި ހަރަކާތްތެރިވަނީ “އިސްގް ވިޝްގް”އިން ބޮލީވުޑަށް ނިކުތް ޝެހެނާޒް އެވެ.އޭނާ ފިލްމަކުން ފެނިގެންމިދަނީ ގިނަ އަހަރުތަކަކަށްފަހުގަ އެވެ. “މޭ އޯރު މިސްޓަރ ރައިޓް”އިން ފެނިގެންދާނީ އާލިޔާ ރާޖް ނަމަކަށް ކިޔާ ކާސްޓިން އެޖެންޓެއްގެ ވާހަކަ އެވެ. އަދި މިސްޓަރ ރައިޓް ހޯދުމަށް އޭނާ ކުރާ މަސައްކަތުގައި ދިމާވާ މަޖާކަންތައްތަކާއި ލޯބީގެ ހާދިސާތައް މި ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމްގެ ޑައިރެކްޓަރ އަދީޕް ރައިސް ބުނެފައިވަނީ ފިލްމްގެ ޓްރެއިލާއަށް ލިބެމުންދާ ކާމިޔާބީއާމެދު ހިތްހަމަޖެހޭ ކަމަށާއި ފިލްމްވެސް ކާމިޔާބުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި ފިލްމް ޕްރޮޑިއުސްކޮށްފައިވާ ޕޫޖާ ގުރާލް ބުނެފައިވަނީ ބަރުންނަކީ ކުޅަދާނަ އެކްޓަރެއް ކަމަށާއި ބަރުން މި ފިލްމަށް ރިކަމަންޑްކުރި ޖޯން އަބުރަހަމަށްވެސް ފިލްމާއި އޭނާގެ އެކްޓިން ކަމުގޮސްފައިވާ ކަމަށެވެ.

ބަރުންނަކީ މަޝްހޫރުވި ހިންދީ ޑްރާމާއެއް ކަމަށްވާ “އިސްޕިޔާރު ކޯ ކިޔާ ނާމް ދޫން”އިން ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި ތަރިއެކެވެ. އޭނާ މި ޑްރާމާ ދޯކޮށްލީ މި ފިލްމް ލިބުމާއެކު ބޮލީވުޑަށް ނިކުތުމަށެވެ. އޭނާ ޑްރާމާ ދޫކޮށްލުމާ ގުޅިގެން އެ ޑްރާމާވަނީ ނިންމާލާފަ އެވެ.

“މޭ އޯރު މިސްޓަރ ރައިޓް”އަކީ މެޑްމިޑާސް ފިލްމްސްގެ އުފެއްދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355