ލޮނުމެދަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި ވެސް ގިނައިން ބޭނުން ކުރާ ބާވަތެކެވެ. ފަސޭހައިން ލިބެން ހުންނަ ބާވަތެކެވެ. އަދި ކެއްކުމުގައި ވެސް ގިނައިން ބޭނުން ކުރާ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ.
ލޮނުމެދުގައި ހިމެނޭ އެލިސިން ކިޔާ މާއްދާއެއްގެ ސަބަބުން ބޮލުން އިސްތަށި ފޭބުން މަދުކޮށް އިސްތަށިގަނޑު ވަރުގަދަ ކޮށްދެ އެވެ. މިއީ ފިޔާގައިވެސް ހިމެނޭ މާއްދާ އެކެވެ. އެގޮތުން ލޮނުމެދު ބޭނުންކޮށްގެން ހަދާފައި ހުންނަ ތެލަކީ އިސްތަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. އަދި ހަމަ މި މާއްދާގެ ސަބަބުން ލޭމައްޗަށް ދިއުމާ ހާރޓް އެޓޭކަށް ޖެހުމުން ދުރުކޮށްދެ އެވެ. އޭގެ އިތުރުން ޑައިބެޓީސް ހުންނަ މީހުންނަށް ވެސް ލޮނުމެދަކީ ރަގަޅު ފަރުވާ އެކެވެ.
އޭގެ އިތުރުން ލޮނުމެދަކީ ހަންގަނޑަކަށް ވެސް ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ހަންގަނޑުގައި އުފެދޭ ބެކްޓީރިއާތައް ނައްތާލުމަށް އެހީތެރިވެއެވެ. އަދި މޫނުގައި ނަގާ ބިހިފަދަ ތަކެތި ރަގަނޅު ކުރުމަށް ވެސް ލޮނުމެދު މުހިއްމު ރޯލެއް އަދާކުރެއެވެ.
ރޯގާ ޖެހި ކެއްސާނަމަ ލޮނުމެދަކީ ބޭނުން ކުރުމަށް ރަގަނޅު އެއްޗެކެވެ. ހޫނު ފެންނަށް ކުޑަ ލޮނުމެދު ކޮޅެއް ކޮށައިގެން ބޭނުން ކުރާށެވެ. އަދި ރަހަ ރަގަޅު ކުރުމަށް އިގުރުކޮޅަކާއި ކުޑަ މާމުތް ކޮޅެއްވެސް ބޭނުން ކުރެވިދާނެ އެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ލޮނުމެދު ހިމަނައިފި ނަމަ ރޯގާ ޖެހުމުން ދުރުކޮށްދެއެވެ.
އޭގެ އިތުރުން ބަރުދަން ލުއި ކުރުމަށާއި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ލޮނުމެދު އެހީތެރިވެ އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ކެއުމުގައި ލޮނުމެދު ހިމަނައިފި ނަމަ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީއަކަށް ވާނެއެވެ.
އެކި ވައްތަރުގެ ކެންސަރު ޖެހުމުން ދުރުކޮށް ދިނުމަށް ވެސް ލޮނުމެދު އެހީތެރިވެ ދެއެވެ. އެގޮތުން ބްރެސްޓް ކެންސާރާއި ގޮހޮރުގެ ކެންސަރ ހިމެނެ އެވެ.
މީގެ އިތުރުން ލޮނުމެދަކީ އެކި ބަލިތަކުން ދުރުކޮށް ތިމާގެ ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ބޭނުން ކުރެވޭނެ ރަގަޅު ކާނާ އެކެވެ.