twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބޮލުން ހަންފޮޅުން ހުއްޓުވުމަށް ފަސޭހައިން ކުރެވިދާނެ ބައެއް ކަންތައް

Dec 18, 2014

ބޮލުން ހަންފޮޅުމަކީ ގިނަ ބަޔަކަށް ދިމާވެފައިވާ އާންމު މައްސަލައެކެވެ. ހަންފޮޅުން ހުއްޓުވުމަށްޓަކައި އެކި ކަންކަން ކުރެވިދާނެ އެވެ. މި މައްސަލައަށް ހައްލެ ހޯދުމަކީ އެދެވޭގޮތެއްގައި މަސައްކަތް ކޮށްފިނަމަ ފަސޭހައިން ހައްލުވެގެން ދާނެ މައްސަލަ އެވެ.

އެގޮތުން ބޮލުން ހަންފޮޅޭ މީހެއްނަމަ އެންމެ ފުރަތަމަ ސޭމްޕޫ، ހެއަރ ކްރީމް ފަދަ ތަކެއްޗަކީ އެމީހެއްގެ އިސްތަށިގަނޑަށް އެންމެ ރަގަޅު އެއްޗެއްތޯ ބަލާށެވެ. އެންމެ ފުރަތަމަ ކަމަކަށް ބޮލުން ހަންފޮޅޭ ބޭފުޅުންނަށް ހާއްސަ ޝޭމްޕޫ ބޭނުން ކުރައްވާށެވެ. އަދި އޭގެ އިތުރުން ބޭނުން ކުރެވޭ ސޭމްޕޫ އިސްތަށިގަނޑާއި ގުޅޭތޯ ބެލުން މުހިއްމެވެ.

ސޭމްޕޫގެ އިތުރުން އިސްތަށިގަނޑުގައި ލުމަށް ބޭނުން ކުރާ ހެއަރ ކްރީމް ނުވަތަ ހެއަރ އޮއިލް އަކީ ވެސް ހަންފޮޅުވުން ހުއްޓުވުމަށްޓަކައި މުހިއްމު ރޯލެއްއަދާ ކުރާ އެއްޗެކެވެ. އެގޮތުން ހެއަރ ކްރީމް ނުވަތަ ހެއަރ އޮއިލް ބޭނުން ކުރާއިރު ހާރބަލް ހިމެނޭ ޕްރޮޑަކްޓެއް ބޭނުން ކުރައްވާށެވެ.

ބޭނުން ކުރެވޭ އެއްޗަކީ އިސްތަށިގަނޑާ ނުގުޅޭ އެއްޗަކަށް ވާނަމަ ގިނަ ދުވަސް ވަންދެން ބޭނުން ކުރުންމަކީ ބުއްދިވެރި ގޮތެއްނޫނެވެ. ރަގަޅުގޮތަކީ ގުޅޭ ޕްރޮޑަކްޓަކަށް ބަދަލު ކުރުމެވެ. އޭގެއިތުރުން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވެސް ރަގަޅުކަމެކެވެ.

އޭގެ އިތުރުން އިސްތަށިގަނޑު ރީތި ކުރުމަށާއި އެކި ގޮތްގޮތަށް އިސްތަށިގަނޑު ސްޓައިލް ކުރުމަށް ނުވަތަ އިސްތަށިގަނޑުގައި ކުލަޖެއްސުމަށް ބޭނުންކުރާ ތަކެތި މަދުކުރުމަކީވެސް ބޮލުން ހަންފޮޅުން ދުރުކޮށްދޭނެ ކަމެކެވެ.

ބޮލުން ހަންފޮޅުވުން ހުއްޓުވުމަށްޓަކައި ރަގަޅު ކާނާ ކެއުމަކީވެސް މުހިއްމި ކަމެކެވެ. އެގޮތުން ޒިންކް، ވިޓަމިން އީ އަދި ވިޓަމިން ބީ ހިމެނޭތަކެތި ގިނައިންކާށެވެ. އަދި ހަކުރު ހިމެނޭ އެއްޗެހި މަދުކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355