twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފޭރުގައި ހިމެނޭ ބައެއް ސިއްހީ ފައިދާ

Jun 18, 2016

ފޭރުގައި ވަރަށް ގިނަ ސިއްހީ ފައިދާހިނެ އެވެ. އެގޮތުން ކެއްސުން، ރޯގާ، ހަމުގެ ބަލިތައް އަދި ލޭމައްޗަށް ދިއުން ފަދަ ބަލިތައް ހިމެނެ އެވެ.

ފޭރަކީ އޭޝިޔަން ގައުމުތަކުގައި އާންމު މޭވާ އެކެވެ. ފޭރު ހުންނަނީ ފެހި، ނުވަތަ ދޮން ކުލާއިގަ އެވެ. ރާއްޖެއިން ވެސް ފެންނަނީ ރަތް ނުވަތަ ހުދު ފޭރެވެ. މިއީ މޫސުމީ ނުވަތަ ސީޒަނަލް މޭވާ އެކެވެ.

ފޭރުގައި ގިނަ އަދަދަކަށް ވިޓަމިން، ޕްރޮޓީން، މިނަރަލް އަދި ފައިބާ ހިމެނެ އެވެ. އާފަލު ނުވަތަ މޭބިސްކަދުރާ އަޅާކިޔާއިރު ފޭރުގައި ހަކުރު ހިމެނެނީ ވަރަށް މަދު އަދަދަކަށެވެ. ޑައިޓުގައި އުޅުއްވާ ބޭފުޅުންނަށާއި ބަރުދަން ލުއި ކުރައްވާ ފަރާތްތަކަށް ފޭރަކީ ރަގަޅު މޭވާ އެކެވެ.

ޑައިބެޓީސް ހުންނަ މީހުންނަށް ފޭރަކީ ރަގަޅު ބޭހެކެވެ. ފޭރުގައި ހިމެނޭ ފައިބާގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކޮށްދެ އެވެ.

ފޭރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ވިޓަމިން އޭ ހިމެނެއެވެ. އެހެންކަމުން ފޭރުވެފައިވަނީ ލޮލުގެ މައްސަލަތައް ހުންނަ ބޭފުޅުންނަށް ވަރަށް ރަގަޅު މޭވާ އަކަށެވެ. އަދި މީގެ އިތުރުން ކެންސަރު ފަދަ ނުރައްވާތެރި ބަލިތަކުން ރައްކާތެރިވެ ތިބުމަ ވެސް ފޭރަކީ ރަގަޅު މޭވާ އެކެވެ. ހާއްސަކޮށް އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮށްދިނުމަށް ފޭރުގައި ހިމެނޭ އެންޓިއޮކްސިޓެންޑް އެހީތެރިވެ ދެއެވެ. އަދި ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނިފައިވާތީ ރޯގާ ޖެހުމުން ދުރުކޮށްދެ އެވެ.

އޭގެ އިތުރުން ހަންގަނޑު ރީތި ކުރުމަށާއި ހަންގަނޑުގެ އެކި ބަލިތަކުން ދުރުކޮށްދިނުމަށް ފޭރުގައި ހިމެނޭ ވިޓަމިން އޭ، ބީ، ސީ އަދި ޕްޓެންޝިއަމް އެހީތެރިވެ ދެއެވެ.

ލޭމައްޗަށް ދާ ބޭފުޅުންނަށް ފޭރަކީ ކެއުމުގައި ހިމެނުމަށް ރަގަޅު މޭވާއެކެވެ. ފޭރުގައި ހިމެނޭ ހައިޕޮގްލާސީމެކް ކިޔާ މާއްދާއެއްގެ ސަބަބުން ލޭގެ ޕްރެޝާއެއްވަރެއްގައި ހިފަހައްޓާ ދިނުމަށް އެހީތެރިވެދެ އެވެ.

ފޭރުގައި ހިމެނޭ ވިޓަމިން ބީ3 އަދި ބީ6 ގެ ސަބަބުން ސިކުނޑިއާއި ނާރުގެ މައްސަކަތަށް އިތުރު ފަސޭހަތަކެއް ލިބިގެން ދެއެވެ. އެގޮތުން ވިޓަމިން ބީ3 ލޭ ދައުރު ކުރުމަށް ފެސޭހަކޮށްދެއެވެ. އަދި ވިޓަމިން ބީ6 އަކީ ވިސްނުން ތޫނުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މީގެ އިތުރުން ވެސް ފޭރުން ލިބޭ އެތައްފައިދާ ތަކެއްވެއެވެ. ދަތުގެ މައްސަލަހުންނަ ކުދިންނަށް ފޭރު ފަތަކީ ރަގަނޅު ފަރުވާ އެކެވެ. އަދި މީގެ އިތުރުންވެސް ބުރަކޮށް މަސައްކަތް ކުރައްވާ ފަރާތްތަކަށާއި ބަރުދަން ލުއިކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅުންނަސް ފޭރު ފަންޔަކީ ހަށިގަނޑަށް ރަގަޅު ބުއިމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355