twitterviber whatsapp telegramfacebookyoutube instagram
3rd August 2026

ކަރަން އާއި ޖެނިފާގެ ކައިވެނި ރޫޅުނީ ބިޕާޝާގެ ސަބަބުން؟

Dec 18, 2014

އިންޑިޔާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރަން ސިންހް ގްރޯވާ އާއި ޖެނީފާ ވިންގެޓްގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބަކީ ބިޕާޝާ ކަމަށް އަޑު ފެތުރިއްޖެ އެވެ.

ކަރަންގެ ފުރަތަމަ ބޮލީވުޑް ފިލްމް ކަމަށްވާ “އެލޯން”ގައި އޭނާއާއެކު ހަރަކާތްތެރިވާ ތަރި ބިޕާޝާ ބަސޫގެ ސަބަބުން ކަރަންގެ ކައިވެނި ރޫޅިފައިވާ ކަމަށް އަޑު ފެތުރިފައި މިވަނީ ކަރަން އާއި ބިޕާޝާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށްވެސް އަޑު ފެތުރިފައި ވަނިކޮށެވެ.

ކަރަންގެ ކައިވެނީގައި މައްސަލަ ޖެހެން ފެށީ ބިޕާޝާއާއެކު “އެލޯން”ގެ ޝޫޓިން ފެށިފަހުން ކަމަށާއި މިހާރު ކަރަން އާއި ޖެނީފާ ވަނީ ވަރިވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކަރަން ކޮށްފައިވާ ޓްވިޓާއެއްގައި ބުނެފައިވަނީ އެދެމީހުން ވަރިވީ އެކަމަށް ދެ ފަރާތުންވެސް އެދިގެން ކަމަށެވެ.

ކަރަން އާއި ބިޕާޝާގެ ކެމިސްޓްރީ ޓްރެއިލާއިން ފެނިގެންދަނީ ވަރަށް ފުރިހަމަ ކޮށެވެ. އެދެމީހުން މިހާރު އެކުގައި ޕާޓީތަކުންވެސް ފެނިގެންދެ އެވެ.

ބިޕާޝާވެސް ވަނީ މީގެދުވަސް ކޮޅެއް ކުރިން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރި ހަރުމަން ބަވޭޖާއާ ރުޅިވެފަ އެވެ.

ކަރަން އާއި ބިޕާޝާ ފެނިގެންދާ “އެލޯން”އަކީ ބިރުވެރި ފިލްމެކެވެ. މި ފިލްމްގެ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355