twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވޭތު ކުރާނީ ކިހިނެތް؟

Jan 9, 2015

ސައިންޓިސްޓުން ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނާ ގޮތުން މީހާގެ ދިރިއުޅުން ފަސޭހަ ގޮތެއްގައި ހޭދަކުރުމަށް އަބަދުވެސް އުފާވެރިކަންމަތީ ހުރުން މުހިއްމެވެ. ދެން އުފެދޭ ސުވާލަކީ އަބަދު އުފާވެރިކަންމަތީ ހަމަޖެހިފައި ހުންނާނީ ކިހިނެތް ހޭ؟

ސައިންޓިސްޓުން ކުރި މިދިރާސާގައި އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންވާ މުހިއްމު 4 ކަމެއް ފާހަގަ ކޮށްފައި ވެއެވެ.

ނުބައި ހިޔާލްތަކާއި ދުރުވުން

ތިމާގެ ވިސްނުން ނުބައި މަގު އިހްތިޔާރު ކޮށްފިނަމަ ކަމެއް ހައްލުވުމުގެ ބަދަލުގައި ގޯސްވުން އެއީ އެންމެ ވުން އެކަށީގެން ވާ ގޮތެވެ. އެކަމަކު ދިމާވެފައިވާ މައްސަލަޔަށް ފިނި ހިތަކުން ވިސްނައިފި ނަމަ މައްސަލައިގެ ހައްލު ލިބޭނީ ޔަގީނުން ވެސް ތަފާތު ގޮތަކަށެވެ. ފަސޭހަކަމާއެކު މައްސަލަ ހައްލުވެގެން ވެސް ދާނެ އެވެ.

ދިރާސާ އަކުން ދައްކާގޮތުގައި މީހާގެ ވިސްނުން ނުބައިކޮށް ނުވަތަ “ނެގެޓިވް” ކޮށް ވިސްނުމަށް 10 ޕަސެންޓް ގެ ރޯލެއް އަދާކުރަނީ އެކީގައި އުޅޭ އެކުވެރިން ނުވަތަ ތިމާއާ އެންމެ ގާތްކޮށްއުޅޭ މީހުންނެވެ. އަނެއް 90 ޕަސެންޓްގައި ނުބައި މަގު އިހްތިޔާރު ކުރުމުގައި ރޯލް އަދާކުރަނީ ތިމާގެ އަމިއްލަ ސިކުނޑި އެވެ.

އަބަދުވެސް ވެފައި ހުރި ރަގަނޅު ކަންކަމާ މެދު ވިސްނުން

ތިމާ އަށް ލިބިފައިވާ ނިއުމަތާ މެދު ޝުކުރުވެރިވުމުގެ ބަދަލުގައި އެހެން މީހަކަށް ލިބިފައިވާ ނިއުމަތާއި މެދު ހަސަދަ ލެވެނީ މަދެއްކޮށެއް ނޫނޭވެ. ތިމާއަށް އެނިއުމަތް ލިބުމަށް އެދި އެހެން މީހުންގެ ހައްގަކަށް އަރައިގަނެވެނީވެސް މަދެއްކޮށެއް ނޫނެވެ. މިހެން މިކަންތައްވެއްޖެ ނަމަ ދެންވާނެގޮތް ސިފަ ކޮށްލާކަށް އުދަނގުލެއް ނުވާނެވެ. ހަސަދަވެރި ކަމުގެ ތެރެއިން އިތުރު މައްސަލައެއް ނުކުތީ އެވެ.

އޭގެ ބަދަލުގައި ލިބިފައިވާ އެއްޗަކަށް ހިތްހަމަޖެހިގެން ދެއްވި ނިއުމަތަށް ޝުކުރުވެރިވެ ދިރިއުޅުން ބާއްޖަވެރިކަމުގައި ހޭދަކުރުމަށްވުރެ މޮޅު ގޮތެއް ނެތެވެ.

ކަމެއް ނިންމުމުގެ ބަދަލުގައި އެހެންމީހަކާ މަޝްވަރާކުރުން

ކަމެއް އަމިއްލަޔަށް ނިންމައި އެކަމެއް ކުރުމުގެ ކުރިން ތިމާގެ ނިންމުމަކީ ރަގަޅު ނިންމުމެއްތޯ މަޝްވަރާކުރުމަކީ ގޯހެއް ނޫނެވެ. އޭގެ ބަދަލުގައި ތިމާއަށް ވުރެ ދުވަސްވީ ގިނަ ތަޖުރިބާ ހުރި މީހުންނާއެކު މަޝްވަރާކޮށްލައިފި ނަމަ ތިމާގެ ނިންމުމަށްވުރެ ރަގަޅު، ފަސޭހަ ހައްލެ ލިބިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މައްސަލަތައް ހިއްސާކުރާނެ ރަނގަޅު އެކުވެރިޔަކުވެސް ލިބިގެން ދިޔައީ އެެވެ.

މުސްތަގުބަލާއި ދޭތެރޭ ވިސްނާށެވެ

މާޒީގައި ވެދިޔަ ހިތާމަވެރިކަންކަމަކާއި ދޭތެރޭ ވިސްނާ ކަންބޮޑުވުމުގެ ބަދަލުގައި ކުރިއަށް އަންނަން އޮތް މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅާށެވެ.

މީގެ 5 ނުވަތަ 10 އަހަރު ފަހުން ތިމާ ގެ ދިރިއުޅުން އޮންނާނެ ގޮތް ހިތަށް ގެންނާނެވެ. އެއިރުން މިހާރު ތިމާގެ ދިރިއުޅުމުގެ މިސްރާބު ނުވަތަ ތިމާ “ފޯރކަސް” ބަހައްޓަންވީ ކިހިނެތްކަން އެނގޭނެއެވެ. އެހިސާބުން ތިމާ މަސައްކަތް ކުރަންވީ ކޮން މަގުސަދަކަށް ކަންވެސް ރަގަނޅަށް ސާފުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355