twitterviber whatsapp telegramfacebookyoutube instagram
11th November 2026

އެމްއޯސީ ބުކްޝޮޕުން ފޮތްލިސްޓް ނެގި ފަރާތްތަކަށް ހުޅުވާލި ޕްރޮމޯޝަނުގެ ގުރުއަތު ނަގައިފި

Jan 31, 2015

މާލެ އޮޕްޓިކަލް ކޮމްޕެނީ (އެމްއޯސީ) ބުކްޝޮޕްއިން ފޮތްލިސްޓް ނެގި ފަރާތްތަކަށް ހުޅުވާލި ޕްރޮމޯޝަނުގެ ގުރުއަތު ނަގައިފި އެވެ.

މި ލަކީޑްރޯއިން ގުރުއަތު ނެގުމަށް މިއަދު އެ ބުކްޝޮޕްގައި ބޭއްވި ހަފުލާގައި ގުރުއަތު ނަގާފައިވަނީ ބުކްޝޮޕްގައި އެ ވަގުތު ހިދުމަތް ހޯދަމުންދިޔަ ތިން ކުޑަކުދިންނެވެ. މި ގުރުއަތުގެ އެއްވަނަ ފަރާތަކަށް ހޮވުނީ ކުޅުދުއްފުށީ ދޮންފަށުވިގެ ވަކީލާ އުމަރެވެ. އެއްވަނަ ފަރާތަކަށް އެމްއޯސީއިން ހުށައަޅާފައިވާ އިނާމަކީ 40 އިންޗީގެ ސްމާޓް ޓީވީއެކެވެ.

ދެވަނައަށް ހޮވުނު ފަރާތަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކުރަން ހަމަޖެހިފައިވާއިރު މި އިނާމް ހާސިލްކޮށްފައިވަނީ ކުޅުދުއްފުށީ ލިއޯން ހަފީޒާ އާދަމެވެ.

ތިންވަނަ ފަރާތަކަށް ކުޅުދުއްފުށީ މާފެހި ހުސެއިން ހަމީދު ގުރުއަތުން ހޮވިފައިވާއިރު އޭނާއަށް ވަނީ ބުކްޝޮޕްއިން ސެމްސަންގް ގެލެކްސީ މޯބައިލް ފޯނެއް ހަދިޔާކޮށްފަ އެވެ.

މީގެއިތުރުން ކޮންމެ ސަތޭކަވަނަ ފޮތްލިސްޓަކަށް ހާއްސަ އިނާމްތަކެއްވެސް އެމްއޯސީ ބުކްޝޮޕްއިން ވަނީ ދީފަ އެވެ. އެ ހަދިޔާތަކުގައި ހިމެނެނީ ލިޔެ ކިޔުމަށް ބެނުންކުރާ ސްޓޭޝަނަރީގެ ބާވަތްތަކެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރ 30 ން ޖެނުއަރީ 20 ށެވެ.

[yass cats=162]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293