twitterviber whatsapp telegramfacebookyoutube instagram
28th April 2024

މި އަހަރުގެ އޮސްކާއަށް ވާދަކުރާ ބައެއް ފަރާތްތައް

Feb 21, 2015

87 ވަނަ އެކަޑަމީ އެވޯރޑްސް ހަފުލާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އެވޯޑްތަކަށް ވާދަކުރާ ފަރާތްތަކަށް އަލި އަޅުވާލާނަމެވެ.

2015 ވަނަ އަހަރުގެ އޮސްކާގެ އެންމެ މޮޅު ފިލްމަށް 8 ފިލްމެއް ވާދަކުރާއިރު އެ ފިލްމްތަކަކީ އެމެރިކަން ސްނިޕާރ، ދަ ލިމިޓޭޝަން ގޭމް، ސެލްމާ، ބާރޑްމޭން، ބޮއީހުޑް، ދަ ތިއަރީ އޮފް އެވްރީތިން، ދަ ގްރޭންޑް ބުދާޕެސްޓް ހޮޓެލްގެ އިތުރުން ޖެސަން ބްލަމްގެ ވިޕްލަޝް އެވެ.

ބާރޑްމޭންގެ ތަރިން ފިލްމްގެ ޕްރިމެއާ ނައިޓްގައި

ބެސްޓް އެކްޓަރގެ މަގާމަށް ވާދަކުރާ ފަރާތްތަކަކީ ފޮކްސްކެޓްޗަރއިން ސްޓޭވް ކާރެލް، ބާރޑްމޭންއިން މައިކަލް ކީޓޮން، އެމެރިކަން ސްނިޕަރއިން ބްރަޑްލޭ ކޫޕާ، ދަ ތިއަރީ އޮފް އެވަރީތިން އިން އެޑީ އަދި ދަ ލިމިޓޭޝަން ގޭމްއިން ބެނެޑިކްޓް އެވެ.

ދަ ލިމިޓޭޝަން ގޭމްއިން ފެނިގެންދިޔަ ބެނެޑިކްޓް. އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ މަގާމަށް ނޮމިނޭޓްވެފަ

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ގެއަށް ގެންދިއުމަށް ފަސް ތަރިން ދަނީ ވާދަކުރަމުންނެވެ. އެއީ ޓޫ ޑޭސް ވަން ނައިޓްގެ ތަރި މެރީއަން ކޮޓިލާޑް، ގޯން ގާލްގެ ތަރި ރޯސަމުންޑް، ދަ ތިއަރީ އޮފް އެވަރީތިންގެ ތަރި ފެލިސިޓީ ޖޯންސް، ވައިލްޑްގެ ތަރި ރީސެ އަދި ސްޓިލް އެލައިސްއިން ފެނިގެންދިޔަ ތަރި ޖޫލިއާނެ މޯރެ އެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ވާދަކުރާ ގޯން ގާލްގެ ތަރި ރޯސަމުންޑް

އެންމެ މޮޅު ސަޕޯޓިން އެކްޓަރގެ އެވޯޑް ހާސިލުކުރުމުގެ އުއްމީދުގައި ތިބި ފަސް ތަރިންނަކީ ދަ ޖަޖްއިން ރޮބަޓް ޑުވަލް، ފޮކްސް ކެޓްޗާރއިން މާކް ރުފަލޯ، ބޮއީހޫޑްއިން އީތަން ހައުކެ، ވިޕްލަޝްއިން ޖޭކޭ ސިމޮންސް އަދި ބާޑްމޭންއިން އެޑްވާރޑް ނޯޓޮން އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރގެ މަގާމަށް ވާދަކުރާ ބާޑްމޭންގެ ތަރި އެޑްވާރޑް ނޯޓޮން

ބޮއީހޫޑްއިން މޮޅޮ އެކްޓިން ދައްކައިދިން ޕެޓްރިސިއާ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމަށް ވާދަކުރަމުންދާއިރު އޭނާގެ އިތުރުން 4 ތަރިއެއް ދަނީ މި އެވޯޑް ލިބުމަށް އިންތިޒާރުކުރަމުންނެވެ. އެއީ ބާރޑްމޭންއިން އީމާ ސްޓޯން، އިންޓް ދަ ވުޑްސްއިން މެރީލް ސްޓްރީޕް، ވައިލްޑްއިން ލައުރާ ޑާން އަދި ދަ ލިމިޓޭޝަން ގޭމްއިން ކެއިރާ އެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާ ބޮކްސް އޮފީހުގައިވެސް ކާމިޔާބީތަކެއް ހާސިލުކިރި ހައު ޓް ޓްރެއިން ޔުއާ ޑްރެގަން 2 އެންމެ މޮޅު އެނިމޭޝަން ފިލްމަށް ވާދަކުރާއިރު ބިގް ހީރޯ 6 ، ދަ ބޮކްސްޓްރޯލްސް، ދަ ޓޭލް އޮފް ދަ ޕްރިންސެސް ކަގުޔާ އަދި ސޯންގް އޮފް ދަ ސީ ވެސް ދަނީ ހަމަ މި އެވޯޑަށް ވާދަކުރަމުންނެވެ.

ހައު ޓް ޓްރެއިން ޔުއާ ޑްރެގަން 2 ގެ ޕްރެމެއާ ހަފުލާގެ ތެރެއިން

މާދަމާ ޑޮލްބައި ތިއޭޓަރގައި ބޭއްވުމަށް ހަމަޖެހިފައިވާ 87 ވަނަ އެކަޑަމީ އެވޯރޑްސް ހަފުލާއިން ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ފެނިގެންދާނެއިރު މި ޝޯވ ހޯސްޓްކުރާނީ ނީލް ޕެޓްރިކް ހެރިސް އެވެ. މިއީ އޭނާ އޮސްކާ ހޯސްޓްކުރާ ފުރަތަމަ ފަހަރުވެސްމެ އެވެ.

މި އަހަރުގެ އޮސްކާ ހޯސްޓްކުރާ ނީލް ޕެޓްރިކް ހެރިސް

މި ޝޯވގައި ލޭޑީ ގާގާ، ޖެނީފާ ހުޑްސަން އަންނާ ކެންޑްރިކް އަދި ޖެކް ބްލެކްގެ ހުށައަޅައިދިނުންތަކެއްވެސް ފެނިގެންދާނެ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމަކަށް ސްޓީވް މެކްކުއީން ޑައިރެކްޓުކުރި 12 އިޔާރސް އަ ސްލޭވް ހޮވުނުއިރު އެންމެ މޮޅު އެކްޓަރެއްގެ އެވޯޑު ހޯދީ މި ފިލްމުގައި މެތިއު މެކްނޮގީ ކުޅެފައިވާ ރޯލަށެވެ. އަދި ބުލޫ ޖެސްމިން އަށް ކުޅެދީފައިވާ ރޯލުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހާސިލްކުރީ ކޭޓް ބްލެންކެޓް އެވެ. އެންމެ މޮޅު އެނިމޭޓެޑް ފިލްމަށް މިދިޔަ އަހަރު ހޮވުނީ ވޯލްޓް ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯގެ “ފްރޯޒަން” އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355