twitterviber whatsapp telegramfacebookyoutube instagram
28th April 2024

ގިނައިން ފެންބުއިމަށް އާދަ ކުރާށެވެ.

Mar 2, 2015

ފެނަކީ އަހަރެމެންނަށް ދެއްވާފައިވާ އެންމެ ބޮޑު އެއްނިއުމަތެވެ. އެއީ އެއާ ނުލާ ދިރިއުޅުމުގެ އެއްދުވަސް ވެސް ދުއްވާ ނުލެވޭނެ އެއްޗެކެވެ. އަދި ހަމަ އެހެން އޭގައި އަހަރެމެންގެ ހަށިގަނޑަށް ބޭނުން ވާ އެކި ފައިދާތައްވެސް ލައްވާފައިވާ އެއްޗެކެވެ. އޭގެ ތެރެއިން މުހިއްމު 4 ކަމަކަށް ބަލައިލާނަމެވެ.

ހަށިގަނޑުގެ ބަރުމިން އެއްވަރެއްގައި ހިފެއްހެއްޓުމަށް އެހީ ވެދޭ

ރަގަނޅު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުވާލަކު މަދުވެގެން 8 ތަށި ފެންބޯށޭ ބުނާ އަޑު އެންމެން ވެސް އަހާނެ އެވެ. އެކަމަކު އެއީ 8 ތަށިން ފުއްދާލާށެކޭ ނޫނެވެ. ސަބަބަކީ ހަމައެކަނި 8 ތަށި އެއީ ފުދޭވަރަށް ނުވެދާނެތީ އެވެ. ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޮވިއްޖެނަމަ ހަށިގަނޑު ބަރުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދެ އެވެ. އެއީ ފެނަކީ ހަށިގަނޑުގައިވާ ކެލަރީސްތައް އެއްވަރެއްގައި ހިފަހައްޓުމަށް އެހީވެދޭ އެއްޗަކަށް ވާތީ އެވެ.

ހަށިގަނޑަށް ހަކަތަ ލިއްބައިދޭ

ވަރުބަލިވެގެން ގޮސް އެންމެ ފުރަތަމަ ބޮއެލެވޭނީ ބޮޑު ފެންފުޅި އެކެވެ. ކީއްވެ ހެއްޔެވެ؟. ހަށިގަނޑުގައި ފެންމަދުވެއްޖެ ނަމަ ވަރުބަލިވެ ހަށިގަނޑު ލޮޑުވާގޮތް ވެއެވެ. ހަށިގަނޑުގައި ބުންވަރު ހިފެހެއްޓުމަށް ގިނައިން ފެން ބުއިމަކީ މުހިއްމު ކަމެކެވެ.

ހަންގަނޑި ރީތިކޮށް ދެމެހެއްޓުމަށް އެހީވެދޭ

އަހަރެމެންގެ ހަންގަނޑުގައި ގިނަ އަދަދަކަށް ފެންހިމެނެ އެވެ. އަދި ހަންގަނޑުގެ ކުލަ އަލިކޮށް ތާޒާ ކަންމަތީ ދެމެހެއްޓުމަށް ފެން މުހިއްމު ރޯލެއް އަދާކުރެ އެވެ. ހަންގަނޑުގައި ޖެހޭ ރޫ ނުވަތަ “ވްރިންކަލްސް” ފިލުވާލުމަށާއި މޫނުގައި ޖަހާ ބިހިތައް ފިލުވާލުމަށް ފެނަށް ވުރެމޮޅު ބޭހެއް ނުލިބޭނެ އެވެ.

ބަލިތަކުން ދުރުކޮށްދިނުމަށް އެހީވެދޭ

ބޮލުގައި ރިހުމަކީ އާންމުކޮށް އެންމެންނަށްވެސް ދިމާވާ މައްސަލަ އެކެވެ. ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށްވުރެ ފެންމަދުވެއްޖެ ނަމަ ބޮލުގައި ރިހުމަކީ އާންމު ބައްޔެކެވެ. ބޮލުގައި ރިހުން ހުއްޓުވުމަށް އަބަދުވެސް ފެންބުއިމަށް އާދެކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355