twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެންމެ މޮޅު އެކްޓަރގެ އެވޯޑް އެޑީ ހޯދިއިރު މޮޅު ފިލްމަށް ހޮވުނީ “ބާރޑްމޭން”

Feb 24, 2015

87 ވަނަ އެކަޑަމީ އެވޯރޑްސް ހަފުލާގައި އެންމެ މޮޅު ފިލްމްގެ އެވޯރޑް ހާސިލުކޮށްފައިވަނީ “ބާރޑްމޭން” އެވެ. މި ފިލްމަކީ އަލެހަންޑްރޯ ގޮންޒާލޭޒް އިނަރީޓޫ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާ ވަނީ އެންމެ މޮޅު ޑައިރެކްޓަރގެ އެވޯޑްވެސް އުފުލާލާފަ އެވެ.

ބެސްޓް ފިލްމްގެ އެވޯރޑާ “ބާރޑްމޭމް”ގެ ތަރިން ހަވާލުވަނީ

“ބާރޑްމޭން” މޮޅު ފިލްމްގެ އެވޯރޑް ހާސިލުކުރީ “އެމެރިކަން ސްނިޕާރ”، “ދަ ލިމިޓޭޝަން ގޭމް”، “ސެލްމާ”، “ބޮއީހުޑް”، “ދަ ތިއަރީ އޮފް އެވްރީތިން”، “ދަ ގްރޭންޑް ބުދާޕެސްޓް ހޮޓެލް”ގެ އިތުރުން ޖެސަން ބްލަމްގެ “ވިޕްލަޝް”އާ ވާދަކޮށްގެންނެވެ.

އަދި މީގެއިތުރުން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އާއި ސިނެމެޓޯގްރެފީގެ އެވޯޑް ވެސް ކާމިޔާބުކޮށްފައިވަނީ ޑާކް ކޮމެޑީއެއް ކަމަށްވާ “ބާރޑްމޭން” އެވެ.

ސްޕަހީރޯއެއްގެ ވާހަކަ ދައްކުވައިދޭ “ބާރޑްމޭން” މޮޅު ފިލްމަށް ހޮވުނުއިރު އެންމެ މޮޅު އެކްޓަރގެ އެވޯރޑް އުފުލާލީ އެޑީ ރެޑްމެއިން އެވެ. މި އެވޯޑް ކާމިޔާބުކޮށްފައި ވަނީ “ދަ ތިއަރީ އޮފް އެވްރިތިން” ގައި ޕްރޮފެސާ ސްޓެފަން ހޯކިންގެ ރޯލު އަދާކޮށްގެންނެވެ.

އެންމެ މޮޅު އެކްޓަރގެ އެވޯރޑާ އެޑީ ހަވާލުވަނީ

އޭނާ މި އެވޯރޑް ހާސިލްކޮށްފައިވަނީ ސްޓޭވް ކާރެލް، މައިކަލް ކީޓޮން، ބްރަޑްލޭ ކޫޕާ، ބެނެޑިކްޓް ވާދަކޮށްގެންނެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯރޑް ކާމިޔާބުކުރީ “ސްޓިލް އެލައިސް”އިން ފެނިގެންދިޔަ ތަރި ޖޫލިއާނެ މޯރެ އެވެ. “ސްޓިލް އެލައިސް”ގައި އޭނާ ފެނިގެންދިއައީ ކޮލެޖް ޕްރޮފެސަރެއްގެ ރޯލުނެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯރޑް ހާސިލުކުރި ޖޫލިއާނާ

އޭނާ މި އެވޯރޑް އުފުލާލީ ޓޫ ޑޭސް ވަން ނައިޓްގެ ތަރި މެރީއަން ކޮޓިލާޑް، ގޯން ގާލްގެ ތަރި ރޯސަމުންޑް، ދަ ތިއަރީ އޮފް އެވަރީތިންގެ ތަރި ފެލިސިޓީ ޖޯންސް އަދި ވައިލްޑްގެ ތަރި ރީސެއާ ވާދަކޮށްގެންނެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރގެ އެވޯރޑް ހާސިލުކުރި ޖޭކޭ ސިމޮންސް

މީގެއިތުން އެންމެ މޮޅު ސަޕޯޓިން އެކްޓަރގެ އެވޯރޑް “ވިޕްލޭޝް”އިން ޖޭކޭ ސިމޮންސް ހޯދާފައިވާއިރު އެންމެ މޮޅު އެކްޓްރެސްގެ އެވޯރޑް ހާސިލުކޮށްފައިވަނީ “ބޯއިހުޑް” ގެ ތަރި ޕެޓްރީސިއާ އަކުއެޓޭ އެވެ. ގިނަ އެވޯރޑްތަކަކަށް ނޮމިނޭޓްވި “ބޯއިހުޑް”އަށް ލިބުނު ހަމައެކަނި އެވޯޑަކީވެސް މިއެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯރޑް ހާސިލްކުރި ޕެޓްރީސިއާ

އެންމެ މޮޅު އެނިމޭޓެޑް ފިލްމްގެ އެވޯރޑް “ބިގް ހީރޯ 6″އަށް ލިބުނުއިރު އެންމެ މޮޅު އެނިމޭޓެޑް ކުރު ފިލްމްގެ އެވޯރޑް ލިބުނީ “ފީސްޓް”އަށެވެ.

މި އަހަރުގެ އޮސްކާ އެވޯރޑް ނީލް ޕެޓްރިކް ހެރިސް ހުށައަޅާދީފައިވާއިރު އޭނާގެ ހުށައަޅައިދިނުމަށް ގިނަބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355