twitterviber whatsapp telegramfacebookyoutube instagram
14th November 2019

މޯލްޑިވިއަންގައި ދަތުރުކުރުމުން އިންޑިޔާގެ ކިމްސް ހޮސްޕިޓަލުން ޑިސްކައުންޓް ދެނީ

Mar 23, 2015

މޯލްޑިވިއަންގެ ފްލައިޓެއްގައި އިންޑިޔާގެ ޓްރެވެންޑްރަމަށް ދަތުރުކުރުމުން ޓްރެވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭގޮތަށް ހަމަޖެހިއްޖެ އެވެ.

އެގޮތުން ހޮސްޕިޓަލަށް ދެއްކުމަށްފަހު ހަދަންޖެހޭ ލެބް ޓެސްޓްތައް ހަދާއިރު 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން މެޑިކަލް ޗެކަޕް ހެދުމަށް 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެއެވެ. އަދި ކޮޓަރި ކުއްޔަށަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އަދި ރޭޑިއޮލޮޖީގެ ސީޓީ ސްކޭން، އެމްއާރްއައި އަދި ޕީއީޓީގެ ހިދުމަތް ނޫން އެހެން ހިދުމަތްތަކަށް އެ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެއެވެ.

މޯލްޑިވިއަންގެ ފަރާތުން މި ނޫހާ ވާހަކަ ދައްކަވަމުން މާކެޓިން މެނޭޖަރ ޝަމާ ނަޝްރީން ބުޝްރީ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރުކޮށް ބޯރޑިން ޕާސް ހިފައިގެން އެ ހޮސްޕިޓަލަށް ދިއުމުން  ކިމްސް ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ އެވެ.

ޝަމާ ވިދާޅުވީ މި ޑިސްކައުންޓްތައް ލިބޭނީ ހަމައެކަނި މާލެއިން ޓްރެވެންޑަރަމަށް ދަތުރުކުރާ ފަރާތްތަކަށް އެކަނި ނޫން ކަމަށާއި ހަނިމާދޫއިން ޓްރެވެންޑްރަމަށް ދަތުރުކުރާ ފަރާތްތަކަށްވެސް ކިމްސް ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355