twitterviber whatsapp telegramfacebookyoutube instagram
28th April 2024

ލޯބިވެރިޔާއާ ޖެހޭ މައްސަލަތައް ހައްލުކުރާނީ ކިހިނެތް؟

Mar 14, 2015

ކޮންމެ ބައެއްގެ ތެރޭގައިވެސް މައްސަލަތައް ޖެހޭނެ އެވެ. ދެމަފިރިންގެ ދޭތެރޭގައިވެސް ދެ ލޯބިވެރިންގެ ދޭތެރޭގައިވެސް މައްސަލަޖެހި ޒުވާބުކޮށް ދެމީހުން ވާހަކަ ނުދައްކާ ހިސާބަށް ވެސް ދަނީ އެވެ. މައްސަލަ ނުޖެހުމަކީ ވެސް މައްސަލަ އެކެވެ. ސަބަބަކީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވި ޖެއްނަމަ އެދެމީހެއްގެ ދޭތެރޭ އޮންނަ ގުޅުން ބަދަހިވެ އިތުބާރު ބޮޑުވެ އެވެ.

މައްސަލަ ޖެހޭނީ އެކިފަހަރު އެކި ސަބަބުތަކާއި ހެދިއެވެ. އެއްކަމަކީ އެކަކު އަނެއްކަކަށް ވަގުތު ހުސްނުކުރެވި، ދުވަހެއް ނިމިގެންދާއިރު ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުމެވެ. ރައްޓެހިންނާއެކު ގިނަ ވަގުތު ހޭދަކުރުމެވެ. މިހެން ވުމުން ލޯބިވެރިޔާގެ ޝަކުވާތައް ގިނަ ވެއެވެ. ހަސަދަވެރިކަން އުފެދޭ އެއްގޮތަކީ ލޯބިވެރިޔާއަށްވުރެ ބޮޑަށް އެހެން ކަންކަން ކަމަށް އިސްކަންދިނުމުންނެވެ.

ޖެހޭ މައްސަލަތައް ހައްލު ކުރާނެ ގޮތަކަށް ބަލަމާތޯ އެވެ.

ދުވަހުގެ ކަންކަންދިޔަ ގޮތް ހިއްސާ ކުރުން

ކޮންމެ ދުވަހަކު ވެސް އެދުވަހެއްގައި ކަންކަން ހިނގި ގޮތް އަބަދުވެސް ލޯބިވެރިޔާއާ ހިއްސާ ކުރާށެވެ. މިސާލަކަށް މަސައްކަތުގެ ތެރޭގައި ދިމާވާ ކަންކަމުގެ ވާހަކަ ދައްކާ ކަމެއްގައި ލަފާހޯދުމަށް އެކަންކަމާ މަޝްވަރާކުރާށެވެ. އެއިރުން އެއީ ތިމާއަށް މުހިއްމު ހާއްސަ މީހެއްކަން ލޯބިވެރިޔާއަށް އިހްސާސް ކުރެވޭނެ އެވެ.

ލޯބިވާކަން ހާމަ ކުރާށެވެ

ލޯބިވާކަން ހާމަކުރަން މިބުނަނީ އަބަދު އެހެން ކިޔާށެކޭ ނޫނެވެ. ނުވަތަ ބޮލަށް އުދަނގޫ ވާވަރަށް އަބަދު ގުޅާ މެސެޖް ކުރާށެކޭވެސް ނޫނެވެ. އެހެންނަމަވެސް ހަނދާންވާކަން ބުނެލުން އެއީ ރަގަޅު ގޮތެކެވެ. ދިމާވާއިރު ކޮންމެ ފަހަރަކު ނޫނަސް ކުދި ކުދި ހަދިޔާ ދޭށެވެ. ލޯބިވެރިޔާގެ ކިތަންމެ ކުޑަކަމެއް ނަމަވެސް އެއީ މުހިއްމުކަމެއްކަން އަންގާށެވެ.

އެކުގައި ވަގުތު ހޭދަކުރާށެވެ.

ހުރިހާ ވަގުތެއް އެކުގައި ހޭދަނުކުރެވުނަސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް އެކުގައި ވާހަކަ ދައްކާލުމަށް ވަގުތު ކޮޅެއް ހުސްކޮށްލާށެވެ. އަބަދު ނޫނަސް އެކުގައި ދުއްވާލުމަށް ނުވަތަ ބާޒާރުކޮށްލުންފަދަ ކަމެއްކޮށްލާށެވެ. އޭގެ އިތުރުން އެދުވަހު ކުރިއަށް ރޭވިފައި ހުންނަ ކަންކަން ލޯބިވެރިޔާ ގާތު ބުނެލާށެވެ. ނުވަތަ ބައްދަލިނުވާނެ ނަމަ ހަމަ އެކަނި ދިމާނުވާނެ ކަމަށް ބުނުމުގެ ބަދަލުގައި ސަބަބުވެސް ހާމަކޮށްލާށެވެ. އެއިރުން “އަންޑަސްޓޭންވާން” ފަށޭހަވާނެ އެވެ.

އެކުގައި އުޅޭއިރު ޖެހޭމައްސަލަތައް ހައްލުކުރުމަކީ ދެމީހުން އެކުގައި ކުރިއަށްދާން ލިބޭނެ ހިތްވަރެކެވެ. ޖެހޭ މައްސަލަތައް ހައްލުކުރެވުމުން އެއީ އެދެމީހުންނަކީ އެކަކު އަނެއްކަކަށް އެންމެ “ޕާރފެކްޓް” ދެމީހުންކަން އަންގައިދޭ ހެއްކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355