twitterviber whatsapp telegramfacebookyoutube instagram
7th May 2024

ދީޕިކާ އާއި އަނުޝްކާގެ “ކޯޅުން” ނިމުމަކަށް

Mar 19, 2015

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އިންޑިޔާގެ ނޫސްތަކުގައި މީގެކުރިން އެންމެ ގިނައިން “ކޯޅޭ” ދެ އެކްޓްރެސްއިން ކަމަށް ސިފަކޮށްފައިވާ ދީޕިކާ ޕްޑްކޯން އަދި އަނުޝްކާ ޝަރުމާ އެކުގައި ފެނިގެން ހިންގައްޖެއެވެ.

މި ދެ ތަރިން އެކުގައި ފެނިގެން ގޮސްފައިވާއިރު ދީޕިކާ ވަނީ މީޑިޔާގެ ކުރިމަތީގައި އަނުޝްކާގެ ކޮލަށް ދޮނެއްވެސް ދީފައެވެ. މިއީ އެ ދެ ތަރިންގެ މެދުގައި އެއްވެސް މައްސަލެއް ނެތް ކަމާއި އެ ދެ ތަރިންނަކީ ރަހުމަތްތެރިންކަން ސާބިތުކޮށްދިނުމަށް ދީޕިކާ ކުރި ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދީޕިކާ ވަނީ މި މަހު ރިލީޒްކުރި އަނުޝްކާގެ ފިލްމް “އެންއެޗް10″ގައި އޭނާ ދައްކުވައިދީފައިވާ އެކްޓިންނަށް ތައުރީފުކޮށް އަނުޝްކާއަށް މަރުހަބާ ކިޔާފައެވެ.

އިންޑިޔާގެ ސެންސަރު ބޯޑާއެކު ބޭއްވި ބައްދަލުވުމަކަށްފަހު މި ދެ ތަރިން މީޑިޔާގެ ކުރިމައްޗަށް އެކުގައި ނިކުމެފައިވާއިރު މި ދެ ތަރިންނަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެންމެ އަލިގަދަ ދެ ތަރިންނެވެ. އެހެންކަމުން މި ދެ ތަރިންގެ ވާދަވެރިކަން އޮންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކުރިން އަނުޝްކާ ޝަރުމާގެ ލޯބިވެރިޔާ ރަންވީރު ސިންހް އަކީ މިހާރު ދީޕިކާގެ ލޯބިވެރިޔާއެވެ. މިގުޅުން ރަންވީރު އަދި ދީޕިކާ މީޑިޔާއަށް ސިއްރުކޮށްފައިވީ ނަމަވެސް އެ ތަރިން އެކުގައި ޕާޓީތަކަށާއި ޑޭޓްތަކަށް ދާކަން މީޑިޔާއަށް ވަނީ ފަޅާއަރާފައެވެ. އެހެންކަމުން ނޫސްތަކުގައި އަނުޝްކާ އަދި ދީޕިކާގެ ދެމެދު މައްސަލަ ޖެހިފައިވާ ސަބަބަކީ ރަންވީރު ކަމަށްބުނެފައިވެއެވެ.

ނަމަވެސް މި ދެ ތަރިން މިހާތު މިވަނީ މީޑިޔާގައި ފާތުރާފައިވާ އެ ދެ ތަރިންގެ ރުޅިވެރިކަމުގެ ވާހަކަތައް ދޮގުކޮށް އެއީ ރަހުމަތްތެރިންކަން ސާބިތުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355