twitterviber whatsapp telegramfacebookyoutube instagram
30th April 2026

ރޮމޭންޓިކް ހީރޯ ޝަޝީ ކަޕޫރަށް 77 އަހަރު ފުރިއްޖެ

Mar 19, 2015

1970ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި މަޝްހޫރު ހީރޯ ޝަޝީ ކަޕޫރަށް 77 އަހަރު ފުރިއްޖެއެވެ.

“ދީވާރު”، “ކަބީ ކަބީ” އަދި “ސައްތަމް ޝިވަން ސުންދަރަމް” ފަދަ އެތައް ކާމިޔާބު ފިލްމްތަކަކުން ބެލުންތެރިންގެ ހިތްތައް ދަމައިގަތް ޝަޝީއަށް 77 އަހަރު ފުރިފައިވާއިރު އޭނާއަކީ ބޮލީވުޑް ދެކުނު އެންމެ ރޮމޭންޓިކް އަދި އެންމެ މަޑުމައިތިރި ހީރޯ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

1990 ވަނަ އަހަރުން ފެށިގެން ކެމެރާގެ ކުރިމަތިން އޭނާ ފެނިފައިނުވާއިރު އޭނާ ވަނީ ލައިމްލައިޓާވެސް އެއްކޮށް ދުރަށް ގޮސްފައެވެ. މިހާރު ޝަޝީ މީހުންގެ ތެރެއަށް ނިކުމެ އުޅެނީ ވަރަށް މަދުންނެވެ.

ޝަޝީ ކަޕޫރް

100 އަށްވުރެ ގިނަ ފިލްމ ކުޅެފައިވާ ޝަޝީއަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހައި ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރްގެ ބޮޑު ބޭބެ އެވެ. އަދި ކަރީނާ އަދި ކަރިޝްމާ ކަޕޫރްގެ ބައްޕަ ރަންދީރު ކަޕޫރްގެވެސް ބޮޑު ބޭބެއެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލް އާއިލާ ކަމަށްވާ ކަޕޫރް އާއިލާ ބޮލީވުޑަށް ތައާރަފުކޮށް ކަޕޫރުންގެ ނަން ދިރުވި ތިން ބޭން އަކީ ރާޖް ކަޕޫރް، ޝައްމީ ކަޕޫރް އަދި ޝަޝީ ކަޕޫރެވެ. މީގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ޝަޝީ ކަޕޫރް އެކަންޏެވެ. މި ތިން ތަރިންނަކީވެސް ބޮލީވުޑްގައި ގަދައަށް ވިދި ތިން ތަރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355