twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެއް ފިލްމެއްގައި މަސައްކަތްކުރި ނަމަވެސް އެކުގައެއް ނުފެންނާނެ!

Mar 22, 2015

“އުޅުތާ ޕަންޖާބު” މި ފިލްމުގައި ޝާހިދު ކަޕޫރު އަދި ކަރީނާ ކަޕޫރު އެކުގައި މަސައްކަތް ކުރި ނަމަވެސް ދެ ތަރިން އެކުގައި ހަރަކާތްތެރިވާ މަންޒަރެއް ފިލްމްގައި ނުވާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރ އަބީޝެކް ޗޯބޭ ބުނެފިއެވެ.

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ޝާހިދު ކަޕޫރް އަދި ކަރީނާ ކަޕޫރް މި ފިލްމުން އެކުގައި ފެނިގެންދާތީ ބެލުންތެރިންގެ މެދުގައި ފިލްމަށް ޝައުގުވެރިކަން އުފެދިފައިވަނިކޮށް ފިލްމްގެ ޑައިރެކްޓަރ ވަނީ ޝާހިދު އާއި ކަރީނާ ފިލްމްގައި އެކުގައި ފެނިގެން ނުދާނެ ކަމާއި އެ ދެމީހުން އެކުގައި ފެނިގެންދާ މަންޒަރެއް ފިލްމްގައި ނުފެންނާނެ ކަން ހާމަކޮށްފައެވެ.

ޝާހިދު ކަޕޫރު، ކަރީނާ ކަޕޫރު، އާލިޔާ ބަޓް އަދި ޕަންޗާބުގެ ސުޕަސްޓަރ ދިލްޖިތް ދޯޝަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ތަފާތު ހަތަރު ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށް އަބީޝެކް ހާމަކުރެއެވެ. އޭނާ ބުނީ މި ފިލްމުން ފެނިގެންދާނީ ޕަންޗާބުގެ ހަތަރު މީހެއްގެ ވާހަކަ ކަމަށާއި އެއީ ތަފާތު ހަތަރު ހާދިސާއެއް ކަމަށެވެ.

ފަންޓޮމް ފިލްމްސް އުފައްދާ “އުޅުތާ ޕންޖާބު” އަކީ އިންޑިޔާގެ ޕަންޖާބުގައި ދިމާވެފައިވާ ޑްރަގު މައްސަލަތަކަށް ބިނާކޮށް ހަދާ ފިލްމެއް ކ އަބީޝެކް ޗޯބޭ ބުނެއެވެ.

ދިލްޖިތްގެ މިއީ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އާލިޔާ އަދި ޝާހިދު މިހާރުވެސް އެކުގައި “ޝާންދާރު”ގެ މަސައްކަތް ކުރަމުންދާއިރު “އުޅުތާ ޕަންޖާބު” ވެގެންދާނީ މި ދެ ތަރިންގެ ދެވަނަ ފިލްމަށެވެ.

ބޮލީވުޑްގައި ޑްރަގުގެ މައްސަލަތަކަށް ބިނާކޮށް ހަދާ މިއީ ފުރަތަމަ ފިލްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355