twitterviber whatsapp telegramfacebookyoutube instagram
12th May 2024

އުރީދޫއިން ‘ރީޗާޖު އެންޑް ވިން’ގެ ނަމުގައި ބްރޯޑްބޭންޑް ޕްރޮމޯޝަންއެއް ފަށައިފި

Mar 19, 2015

އުރީދޫ މޯލްޑިވްސްއިން މިއަދު ‘ރީޗާޖު އެންޑް ވިން’ގެ ނަމުގައި އައު ޕްރޮމޯޝަންއެއް ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތައާރަފްކޮށްފިއެވެ.

މިޕްރޮމޯޝަންގައި ޕްރީޕެއިޑް ބްރޯޑްބޭންޑް ރީޗާޖުކޮށް އުރީދޫގެ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކުރައްވައިގެން އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. ނަސީބުވެރި ތިން ފަރާތަކަށް ގުރުއަތުން ސެމްސަންގް ގެލެކްސީ ނޯޓް 4، އުރީދޫ 4ޖީ ވައިފައި ޑިވައިސް އަދި އުރީދޫ 4ޖީ މައިފައި ޑިވައިސްއެއް ލިބޭނެއެވެ.

އުރީދޫގެ ކަސްޓަމަރުންނަށް އުރީދޫގެ ޑޭޓާ ޕެކޭޖުތަކުގެ ތެރެއިން 199، 299، 599،899، 999، 1999، 3199، އަދި 5699، މެދުވެރިކޮށް 200ޖީބީއާ ހަމައަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

“މިއަދު އަނެއްކާވެސް ކަސްޓަމަރުންނަށް ގިނަގުނަ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު މިހުޅުވާލަނީ ކަސްޓަމަރުން އެންމެ ލޯބިކުރާ ޑޭޓާ އެންމެ ފުރިހަމަ ނެޓްވޯކުގައި ބޭނުންކޮށްގެން. އަޅުގަނޑުމެންގެ އެންމެ ފަހުގެ ޑޭޓާ ޕެކޭޖުތައް މެދުވެރިކޮށް މިހާރު 200ޖީބީއާއި ހަމައަށް އެލަވަންސް ލިބިލައްވާއިރު މިހާރު ކަސްޓަމަރުންނަށް އޮންލައިން ކޮމިއުނިޓީއާއި ކަނެޓްކޮށްގެން އޭގެ އިތުރުންވެސް އޮންލައިންކޮށް ގިނަގުނަ ބޭނުންތައް ކުރެވޭނެ” އުރީދޫގެ ކޮމާޝަލް ޑިރެކްޓަރ، އެސްޕީ ސަރަތީ ވިދާޅުވިއެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ މާރޗް 19އިން ފެށިގެން އޭޕްރިލް 17ގެ ނިޔަލަށް ހަމައެކަނި ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355